Mon, 28 November, 2022, 7:01 am
އެސްޓީއޯ މެޑިކަލް އާއި އޭއީއެޗުން ޑޮކްޓަރުންނާއި ނަރުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެނީ --- ފޮޓޯ: އޭއީއެޗް

އެސްޓީއޯ މެޑިކަލް އާއި އޭއީއެޗުން ކްރިޓިކަލް ކެއާއަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކޮށްފި

އެސްޓީއޯ މެޑިކަލް ސާވިސް އާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގުޅިގެން އޭއީއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ހިންގި “އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއާ ޓްރެއިނިންގް” ޕްރޮގްރާމް ނިންމާލައިފި އެވެ.

އޭއީއެޗުގެ ނުވަ ޑޮކްޓަރުންނާއި 10 ނަރުހުން ބައިވެރިކޮށްގެން ފަސް ދުވަހުގެ މުއްދަތަށް ހިންގި އެ ތަމްރީން ޕްރޮގްރާމަކީ ޕްރޮފެޝަނަލް ތަމްރީން ދޭ، ކޯޑްބްލޫގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ތިން ކޯހެއް ކުރިއަށް ގެންދިޔަ އެވެ. އެއީ އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިންއާއި އިމަޖެންސީ ޓްރޯމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓާއި އެޑްވާންސްޑް ކާޑިއޯވެސްކިއުލާ ލައިފް ސަޕޯޓެވެ.

މި ކޯސްތައް ނަންގަވައި ދެއްވީ އެމަޖެންސީ ފިޒީޝަން ޑރ. އާމިނަތު ޒޭބާ އަހުމަދާއި ޑރ. އަހްމަދު ޒިޔާން، އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަން ޑރ. ޔޫސުފް ޝާން، ޖެނެރަލް ޕްރެކްޓިސް ސްޕެޝަލިސްޓް ޑރ. އިބްރާހިމް އިޔާޒް އަދި ނިއުރޯސާޖަން ޑރ. އަލީ ނިޔާފެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.