Fri, 30 September, 2022, 4:48 pm
އިދިކޮޅުން މިއަދު ބޭއްވި ހިނގާލުމުގައި ބައިވެރިވި އިދިކޮޅު ލީޑާޝިޕުގެ ބައެއް ބޭފުޅުން ---

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ބޭއްވި ހިނގާލުން ހަމަނުޖެހުމެއް ނެތި ނިންމާލައިފި

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މަގުމަތީ ހިނގާލުމެއް މިއަދު ބާއްވައިފި އެވެ.

“މިނިވަންކަމުގެ ހިނގާލުން” މި ނަމުގައި ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން ހަވީރު 4:00 އިރު ފެށި ހިނގާލުމުގައި ދިވެހި ދިދައާއެކު ގިނަ އަދަދެއްގެ މީހުން ބައިވެރިވި އިރު، ހަވީރު 6:00 ޖެހި އިރު، ހިނގާލުން ނިންމާލީވެސް ޕީޕީއެމްގެ އޮފީސް ކުރިމައްޗަށެވެ.

ފުލުހުންގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެހެން ހިނގާލުންތަކާ ހިލާފަށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

މިހިނގާލުމުގައި އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ވަނީ ގޮވާލައިފަ އެވެ.

އަދި “އިންޑިއަން މިލިޓަރީ އައުޓް” ޖަހާފައިވާ ބެނާތަކާއި ޝިއާރުތައް ހިފައިގެން ތިއްބެވެ.

އިންޑިއާގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން، ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަފާތު އެކި ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.