Fri, 21 January, 2022, 7:20 am

ތިޔަ ގެންގުޅޭ ލޯބިވެރިޔާ ދޫކޮށްލަންވެއްޖެ ކަމުގެ ނިޝާންތައް މިހުރީ

Share on twitter
Share on facebook
Share on twitter
Share on facebook

ތިޔަ ގެންގުޅޭ ލޯބިވެރިޔާއާމެދު ބައެއް ފަހަރު ސުވާލު އުފެދޭ ހެއްޔެވެ؟ އަދި ވަކިވުން މާ ރަނގަޅު ވާނެ ކަމަށް ބައެއް ފަހަރު ހީވޭ ހެއްޔެވެ؟ ތަޖުރިބާކާރުން ބުނާގޮތުން، ލޯބިވެރިޔާ ދޫކޮށްލުމުގައި ބަލަންވީ މި ކަންތައްތަކަށެވެ.

ކޮންމެ މީހަކުވެސް މީހަކާ ލޯބީގެ ގޮތުން ގުޅޭއިރު ބަލާ ކަންތައްތަކެއް ހުންނާނެއެވެ. އަދި އުންމީދުތަކެއްވެސް ހުންނާނެއެވެ. އެހެން ނަމަވެސް އޭނާއަކީ ތިމާގެ އުންމީދުތަކާ އެއްފަދަ މީހެއް ނޫން ކަމަށް ފެންނަ ނަމަ، ތަޖުރިބާކާރުން ދެކޭގޮތުގައި އެންމެ ރަނގަޅު ވާނީ އަވަހަހށް ވަކިވުމެވެ. އެހެން ނޫން ނަމަ އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ މީހުންނަށްވެސް މާ ރަނގަޅެއް ނުވާނެއެވެ.

ތިމާގެ އާއިލާއާއި ރަހުމަތްތެރިން ލޯބިވެރިޔާއާމެދު ހިތްހަމަ ނުޖެހޭނަމަ، އެއީވެސް ލޯބިވެރިޔާ ދޫކޮށްލަން ވެއްޖެ ކިަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި އެއީ “ރެޑް ފްލެގް” އެއް ކަމަށް ބުނެއެވެ. ރިލޭޝަންޝިޕް ކޯޗުން ބުނާގޮތުން، ހިތާވެގެން އުޅެނީ ތިމާދެކެ ލޯބި ނުވާ މީހެއްކަން ތިމާ ދެކެ ލޯބިވާ ރަހުމަތްތެރިންނާއި އާއިލާއަށް އިހުސާސް ކުރެވޭނެއެވެ.

ހިތާވެގެން އުޅޭ މީހާއާއެކު އުޅުމަށް މަޖުބޫރިވެފައި ވާކަމުގެ އިހުސާސް ކުރެވޭ ނަމަ، އަވަހަށް އެ މީހާ ދޫކޮށްލާށެވެ. 2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުން، މީހަކާ ހިތާވެގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައި ވާނަމަ، ހިތްހަމަ ނުޖެހޭ އެތައް ކަމެއް ހުއްޓަސް އެމީހާ ދޫކޮށްލާކަށް ގިނަ މީހޫން ބޭނުމެއް ނުވެއެވެ. އަދި އެހެން ވަނީ އޭނާގެ އެތައް ވަގުތެއް އެ މީހާއަކަށްޓަކައި ހޭދަވެފައި ވާތީ، އެ “އިންވެސްޓްމެންޓް” ބޭކާރުކޮށްލަން ބޭނުން ނުވާތީ ކަމަށް ދިރާސާ ހެދި ސައިކޮލޮޖިސްޓުން ބުނެއެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުން، މިއީ ގިނަ އަދަދެއްގެ ފައިސާ އިންވެސްޓު ކުރުމާ އެއްފަދަ ކަމެކެވެ.

ހިތާވެގެން އުޅޭ މީހާ އަނިޔާ ކުރާނަމަ، އަވަހަށް ލޯބިވެރިޔާ ދޫކޮށްލާށެވެ. 2015 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން، ކޮންމެ ހަތަރު އަންހެނުނަކުން އެކަކު، އަދި ކޮންމެ ދިހަ ފިރިހެނަކުން އެކަކީ މިފަދަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. އަދި ގިނަ ބަޔަކަށް އެފަދަ “ލޯބިވެރިންގެ” ދަލުން ސަލާމަތް ވާންވެސް އުނދަގުލެވެ. ތަޖުރިބާކާރުން ލަފާ ދެނީ ލޯބިވެރިޔާއަކީ އަނިޔާވެރި މީހެއްކަން އެނގޭ ހިސާބުން އަވަރަށް އެ މީހާ ދޫކޮށްލުމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.