Fri, 21 January, 2022, 6:29 am
ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން --

މިއީ ކުރު މުއްދަތެއްގައި އެންމެ ކާމިޔާބު ޕާޓީ، ހިޔަނި އެޅުނީ ޔާމީން ޖަލަށްލުމުން: ޕީޕީއެމް

Share on twitter
Share on facebook
Share on twitter
Share on facebook

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ކުރު މުއްދަތެއްގައި އެންމެ ކާމިޔާބީ ސިޔާސީ ޕާޓީ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހު މުނާސަބަތުގައި މިއަދު ނެރުނު ބަޔާނުގައި އެ ޕާޓީން ބުނީ، އެ ޕާޓީ ހިމެނިގެން ދަނީ ކުރު މުއްދަތެއްގައި އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ.

އެގޮތުން، ޕާޓީ އުފެދުމަށް ފަހު ކުރިމަތިލި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުކޮށް، 2014 ވަނަ އަހަރުގެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތުހާބުގެ މެޖޯރިޓީވެސް ކާމިޔާބު ކޮށްފައި ވާކަން ފާހަގަ ކުރިއެވެ. އަދި އެޔަށް ފަހު ދިވެހިންނަށް އެތައް ކާމިޔާބަކާއި ކުރިއެރުން ގެނެސްދީ، 5 އަހަރުގެ ވެރިކަމެއް ފުރިހަމަ ކޮށްފާއި ވާކަން އެ ޕާޓީން ފާހަގަ ކޮށްފައި ވެއެވެ.

އޭގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ގެނެސްދީ، ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިން ކަމަށާއި، އުމްރާނީ ގޮތުންނާއި، ސިއްހީ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން އަދި އެނޫންވެސް ދާއިރާތަކުން ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނެސްދީފައި ވާކަމަށް ބުންޏެވެ.

ޕީޕީއެމްއިން ބުނީ، އެ ޕާޓީގެ ކާމިޔާބީތަކަށް ހިޔަނި އެޅިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމުން ކަމަށެވެ. އަދި އެމަނިކުފާނު ޖަލަށް ލީ ސިޔާސީ ނުފޫޒުން ކަމަށާއި، ޖަލުގައި ގަހައްޓައިގެން އަނިޔާ ދެމުން ގެންދާ ކަމަށް ބުންޏެވެ.

އެ ޕާޓީން އިތުރަށް ބުނީ ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާއާ ދެކޮޅަށް، އަދި އެކަނިކުފާނު ޖަލުން މިނިވަން ކުރުމަށް ޕާޓީއާއެކު ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ކާމިޔާބު ކޮށްފައިވާކަން އެއީ އޭގެ ނަތީޖާ ކަމަށް އެ ޕާޓީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.