Fri, 21 January, 2022, 6:26 am

ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ އަގު އިންތިހާއަށް ބޮނޑުވެ އަވަށްޓެރި ގައުމުތަކުގައި ކައްކާ ގޭހުގެ އަގު އުފުލެނީ!

Share on twitter
Share on facebook
Share on twitter
Share on facebook

ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ ޑިމާންޑް ބޮޑުވެ ކައްކާ ގޭހުގެ އަގު އިންތިހާ ބޮޑުވެއްޖެއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސައުދި އަރަބިއާގެ އެރަމްކޯ އިން ވިއްކާ ކައްކާ ގޭސް އުފައްދަން ބޭނުންކުރާ ޕްރޮޕޭން އަދި ބިއުޓޭންގެ ޓަނެއް 800 ޑޮލަރަށް ވަނީ އަރައިފަ އެވެ.

އަރަމްކޯ އިން މިމަހަށް ކަނޑައަޅާފައިވާ ގޭހުގެ އަގަށް ބަލައި އިރު، ޕްރޮޕޭންގެ ޓަނެއްގެ އަގު ވަނީ 800 ޑޮލަރަށް އަރައިފަ އެވެ. އަދި ބިއުޓޭންގެ އަގު ވަނީ 795 ޑޮލަރަށް އަރައިފަ އެވެ. މިއީ 2014 އިން ފެށިގެން މޭހުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ކައްކާ ގޭހުގެ އަނގު އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި ޕްރޮޕޭން ޓަނެއްގެ ކޮންޓްރެކްޓު އަގު 671 ޑޮލަރުން 800 ޑޮލަރަށް އުފުލިފައިވާ އިރު، ބިއުޓޭންގެ އަގު ވަނީ ޓަނެއް 665 ޑޮލަރުން 795 ޑޮލަރަށް އުފުލިފަ އެވެ.

އަގުތައް މިހާ މައްޗަށް ދިއުމުން، ބައެއް ގައުމުތަކުން މިހާރުވެސް ވަނީ އެ ގައުމުތަކުން ވިއްކާ ގޭސް ފުޅީގެ އަގު މައްޗަށް ޖައްސައިފަ އެވެ.

އެގޮތުން އަވަށްޓެރި ސްރީ ލަންކާގައި 12.5 ކިލޯގެ ގޭސްފުޅިއަކުން 984 ލަންކާ ރުޕީސް (75 ރުފިޔާ) ބޮޑުކޮށް، މިހާރު ވިއްކަމުން ދަނީ 2840 ރުޕީސް (217 ރުފިޔާ) އަށެވެ. އަދި ކުރިން 743 ލަންކާ ރުޕީސް (56 ރުފިޔާ) އަށް ވިއްކަމުންދިޔަ، ފަސް ކިލޯގެ ގޭސްފުޅިއަކުން 393 ލަންކާ ރުޕީސް (30 ރުފިޔާ) ބޮޑުކޮށް، މިހާރު ވިއްކަމުން ދަނީ 1،136 ރުޕީސް (87 ރުފިޔާ) އަށެވެ.

ބަންގްލަދޭޝްގައި ކައްކާ ގޭހުގެ އަގު މިމަހު ވަނީ 22 ޕަސެންޓް ބޮޑުކޮށްފަ އެވެ. މިއީ އަގު މައްޗަށް ޖެއްސި ހަތަރު ވަނަ މަހެވެ. ބަންގްލަދޭޝްގެ އެނާޖީ ރެގިއުލޭޓަރީ ކޮމިޝަނުން ހާމަކޮށްފައިވާ އަގުތަކަށް ބަލައި އިރު، ކުރިން 86.07 ބަންގްލަދޭޝް ޓަކާއަށް ކިލޯއެއް ވިއްކަމުންދިޔަ ނަމަވެސް މިހާރު ވިއްކަމުންދަނީ ކިލޯއެއް 104.92 ޓަކާއަށެވެ. އެ ބަދަލާއެކު 12 ކިލޯގެ ގޭސްފުޅިއެއްގެ އަގު ވަނީ 1259 ޓަކާއަށް އަރައިފަ އެވެ.

އިންޑިއާއަށް ބަލައި އިރު، ކައްކާ ގޭހުގެ އަގު މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ވަނީ 62 ޕަސެންޓް ބޮޑުކޮށްފަ އެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ހުރި އަގަށްވުރެ 304 ރުޕީސް ބޮޑު އަދަދެކެވެ. އަދި އިންޑިއާގެ މަރުކަޒީ ރަށް، މުމްބާއީގައި މިމަހު ކުރީކޮޅު ގޭސްފުޅިއެއްގެ އަގު ވަނީ ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައެވެ. އެއީ ގޭސްފުޅިއެއް 899.50 ރުޕީސްއަށެވެ.

އަވަށްޓެރި ގައުމުތަކުގައި ކައްކާ ގޭހުގެ އަދަދު އިންތިހާއަށް މައްޗަށް ދިޔަ ނަމަވެސް، ރާއްޖެއިން ވިއްކާ ކައްކާ ގޭހުގެ އަގު އަދި މައްޗަށް ޖައްސާފައެއް ނުވެއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މައްޗަށް ދިއުމުން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ޕެޓްރޯލްގެ އަގު ވަނީ މައްޗަށް ޖައްސައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.