Fri, 21 January, 2022, 7:34 am
29 އޮގަސްޓް 2021, މާލެ, އެމްޓީސީސީގެ ހޮޓްލައިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ --- ހަފްތާ ފޮޓޯ

އެމްޓީސީސީން ގެދޮރު އިމާރާތްކުރުމުގެ ސިނާއަތަށް ވަންނަނީ

Share on twitter
Share on facebook
Share on twitter
Share on facebook

އެމްޓީސީސީގެ ވިޔަފާރި މިހާރަށް ވުރެ ފުޅާކުރުމުގެ ބޭނުމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޕްލޭން ކޮށްފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އަށް މިއަދު ހާޒިރުވެ މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ, ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް ވާނެތީ, އެ އިންޑަސްޓްރީއަށް ވަނުމުގެ ވިސްނުން ކުންފުނީގައި އެބަ އޮތް ކަމަށެވެ.

އެގޮތުން މިހާރު އެމްޓީސީސީން ކުރަމުން އަންނަ ބަނދަރު ހެދުން ކަހަލަ މަސައްކަތްތަކަކީ ކޮންމެވެސް ހިސާބަކުން ނިމޭނެ ކަންކަމަށްވާތީ އާއި އެމްޓީސީސީ އަކީ ސަރުކާރާއި ރައްޔިތުންގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުންޏަށްވާތީ އާމްދަނީ އިތުރު ކުރުމަށް ކުންފުނި ޑައިވާސިފައި ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

“ޑްރެޖިންއާއި ރިކްލަމޭޝަންއާއި ރޯޑްސްއާއި އެއާޕޯޓްސްއަކީ މި މަސައްކަތްތަކަކީ އަބަދު އަބަދު ހުންނާނެ އެއްޗެހި ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެހެންވީމަ ކޮންމެވެސް ކަހަލަ ޑައިވާސިފިކޭޝަނެއް, މައި ވިޔަފާރީއަށް ނުވަތަ އެންމެ ބޮޑު ވިޔަފާރީގެ ތެރެއަށް ދިއުމަކީ ވިސްނުމަކަށްވާތީ, އެ ޑައިރެކްޝަން ބޯޑުގައި ގެންގުޅޭ,” އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތަށް އެމްޓީސީސީން ވަންނާނީ ކުދިކުދި މަޝްރޫއުތައް ހިންގަން ނޫން ކަމަށާއި އަމާޒު ކުރާނީ ބޮޑެތި މަޝްރޫއުތަކަށް ކަމަށެވެ. އަދި ޗައިނާއާއި އިންޑިއާ އިން ރާއްޖޭގައި ހިންގާ ބޮޑެތި ހައުސިން މަޝްރޫއުތަކަކީ އެމްޓީސީސީއަށްވެސް ކުރެވޭނެ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.