Thu, 20 January, 2022, 1:56 pm
އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުން -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި

Share on twitter
Share on facebook
Share on twitter
Share on facebook

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ރ. އިންނަމާދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްފައި ވަނީ މިއަދު އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމާއި، މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީން ބައިވެރިވެވަޑައިގެންނެވިއެވެ. 

އަދި ރަސްމީޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އިންނަމާދޫއަށް ގެންގޮސްފައި ވާކަމަށެވެ. އަދި މިހާރު ކުރަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި، ފެން ޕްލާންޓު ބެހެއްޓު،ަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 70 ޕަސަންޓު މަސައްކަތް ނިމިފައި ވާކަމަށް ބުންނެވެ.

އެ މަޝްރޫއުގެ ދަށުން އިންނަމާދޫގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް އެ މަޝްރޫއުގެ ދަށުން އެ ރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެބްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 50،771،305.42 ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިމުމުން، އިންނަމާދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.