Thu, 20 January, 2022, 2:07 pm
ރައްޔިތުންގެ މަޖި؛ީހުގެ ރައީސް މުހައްމަދު ނަޝީދު މަރާލާނެކަމަށް ބުނެ އިންޒާރު ދިން އިސްމާއީލް ޔާސިފް --

ނަޝީދު ގަތުލުކުރާނެ ކަމަށް ބުނި މީހާއަށް 26 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ތިން ދައުވާއެއް

Share on twitter
Share on facebook
Share on twitter
Share on facebook

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަތުލުކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި ހ.ލައިޓްނައިޓް/ އިސްމާއިލް ޔާފިސުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ތިން ދައުވާއެއް އުފުލައިފި އެވެ.

ފޭސްބުކް ޕޯސްޓެއްގައި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކުރި ކޮމެންޓެއްގައި ޔާސިފު ވަނީ “ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،” ކަމަށް ބުނެފަ އެވެ.

އެ ކޮމެންޓާ ގުޅިގެން އުމުރުން 40 އަހަރުގެ ޔާސިފް ހައްޔަރުކުރީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ރ. މީދޫންނެވެ. ނަމަވެސް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގައިވެސް އަޑުގަދަކޮށް ހަދާފައިވާތީ, ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބަންދު މަޖިލީހަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ މަޖިލީހުގައި ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުތަކެއް ދީފަ އެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އިއްވެވި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، ޔާސިފް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް، 2020 ވަނަ އަހަރުން ފެށިގެން ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓުތައް ކޮށްފައިވާ މައްސަލައިގައި ތިން ދައުވާއެއް ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޔާފިސަށް ކުރާ ދައުވާތަކާއި އަންނާނެ އަދަބު:

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން
  • އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

 

  • ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުން
  • އަދަބު: 4 އަހަރާއި 6 އަހަރާ ދެމެދު

 

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން
  • އަދަބު: 3 އަހަރާއި 5 އަހަރާ ދެމެދު

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.