Fri, 30 September, 2022, 6:48 pm
04 ނޮވެމްބަރު 2021، މާލެ، އެމްޕީބީއޭ 9 ބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ އެމްޕީބީއޭ

އެމްޕީބީއޭ 9 ބޯލް ޗެމްޕިއަންޝިޕް ފަށައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ 9 ބޯލް ޗެމްޕިއަންޝިޕް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އެ މުބާރާތް ކުރިއަށްދަނީ ނޭޝަނަލް ބިލިއާޑް ސެންޓަރުގަ އެވެ.

އެ މުބާރާތުގައި ރޭ ވަނީ ޖުމްލަ 34 މެޗެއް ކުޅެފައެވެ. އެއީ ފިރިހެން ޑިވިޝަންގެ 32 މެޗާއި އަންހެން ޑިވިޝަންގެ ދެ މެޗެވެ.

އެމްބީޕީއޭ ރޭންކިންގެ ގަދަ ހަތަރެއްގައި އޮތް ކުޅުންތެރިން ރޭ ވަނީ އެ ކުޅުންތެރިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. އެއީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒާއި ތިންވަނައިގައި އޮތް އަހުސަން ހާޝިމް އަދި ހަތަރުވަނައިގައި އޮތް މުހައްމަދު ޝަރީފެވެ.

އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އާއިޝަތު އަލީއާ ވާދަކޮށް 5-3 ފްރޭމުން އާމިނަތު އަލީ މޮޅުވި އިރު، ދެވަނަ މެޗުގައި ފަޒްނާ މޫސާ ވަނީ 5-3 ފްރޭމުން ނަޝްފާ ނާޝިދު ބަލިކޮށްފައެވެ.

އެ މުބާރާތުގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.