Fri, 21 January, 2022, 7:53 am

އިންޓަމިޓެންޓް ފާސްޓިންއަކީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން!

Share on twitter
Share on facebook
Share on twitter
Share on facebook

އިންޓަމިޓެންޓް ފާސްޓިންއަކީ ކަނޑައަޅާފައިވާ ވަކި ގަޑިތަކެއްގައި ކެއުމަށް ފަހު، ގިނަ ވަގުތު ނުކައި ހުރުމަށް ކިޔާ ނަމެކެވެ. އަދި މިއީ ހިކެން ބޭނުންވާ ގިނަ މީހުން ބޭނުންކުރާ އުކުޅެކެވެ. އިންޓަމިޓެންޓް ފާސްޓިންގައި ގިނަ މީހުން ބޭނުންކުރާ ގަޑިތަކަކީ ދުވާލުގެ 8 ގަޑިއިރު ކެއުމަށް ފަހު، 16 ގަޑިއިރު ނުކައި ހުރުމެވެ.

ކެއުމުގެ ގަޑިތައް މިގޮތަށް ބަދަލުކޮށްލުމުން ހަޑިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އެގޮތުން އެއް ކަމަކީ، ނުކައި ހުންނަ ވަގުތު، ހަށިގަނޑުގައި ރައްކާކުރެވުފައި ހުންނަ ފެޓްތައް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ހެދުމަށް ހަށިގަނޑުގެ ހޯމޯން ލެވެލްތައް ބަދަލުކޮށްލައި، ސެލިއުލާ ރިޕެއާ ޕްރޮސެސް އެއް ފަށައެވެ.

އޭގެ ސަބަބުން، ހަށިގަނޑުގެ އިންސިއުލިން ލެވެލް މަދުވެ، ހިއުމަން ގްރޯތް ހޯމޯން ލެވެލްތައް އިތުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހަރުލައިފައި ހުންނަ ފެޓްތައް ވިރުވާލަން އެހީވެދެއެވެ.

އިންޓަމިޓެންޓް ފާސްޓިން އަކީ ހަކުރު ބަލި ހުންނަ މީހުންނަށްވެސް އެތައް ފައިދާއެއް ހުރި ކަމެކެވެ. އެގޮތުން، ޓައިޕް2 ޑައިބެޓީސް ހުންނަ މީހުންގެ ބްލަޑް ޝުގާ ލެވެލްތައް އެއް ހަމައެއްގައި ހިފަހައްޓާލުމަށް މިއީ ރަނގަޅު އުކުޅެއް ކަމަށް ގިން ދިރާސާ ތަކަކުން ދައްކައެވެ. އެހެން ނަމަވެސް ހަކުރު ބަލި ހުންނަ މީހުން އިންޓަމިޓެންޓް ފާސްޓް ކުރަން ބޭނުންވާނަމަ، އެއްފަހަރެއްގެ މަތިން 22 ހަފްތާއަށް ވުރެ ގިނަ ދުވަހު އިންޓަމިޓެންޓް ފާސްޓިން ނުކުރުމަށް ތަޖުރިބާކާރުން ލަފާ ދެއެވެ.

އޭގެ އިތުރުން، މި އުކުޅަކީ ހިތަށާއި ސިކުނޑިއަށްވެސް ފައިދާ ކުރާ އުކުޅެކެވެ. އެގޮތުން، އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން ހިތުގެ ބައްޔަށް މީހާ ހުށަހެޅޭފަދަ ބައެއް ކަންކަމުން މީހާ ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން، ބްލަޑް ޝުގާ ލެވެލްތައް އެއް ހަމައެއްގައި ހިފެހެއްޓުމާއި، ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލްތައް ހިފަހައްޓައި، ލޭނާރުތައް ދުޅަވުމަށް ދިމާވާ ކަންކަމުން ރައްކާތެރި ކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.

އަދި އިންޓަމިޓެންޓް ފާސްޓިންގެ ސަބަބުން، ސިކުޑީގެ ދުޅަހެޔޮކަމަށް ބޭނުންވާ ބައެއް މެޓަބޮލިކް ސިފަތައް އަވަސްކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އޭގެ ސަބަބުން އާ ނާވް ސެލްތައް އުފެދުމަށް އެހީވާ ކަމަށްވެސް މީދާ ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.