Fri, 21 January, 2022, 7:33 am
ވެލާނާގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން --- ފޮޓޯ: ދަ އެޑިޝަން

ސިވިލް ސާވަންޓުން މަސައްކަތް ކުރަންޖެހޭ ވަގުތު 8 ގަޑިއިރަށް ބަދަލު ކުރަން ވިސްނަނީ

Share on twitter
Share on facebook
Share on twitter
Share on facebook

ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވަގުތު 8 ގަޑިއިރަށް ބަދަލުކުރުމަށް ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިނިމަމް ވޭޖް އިއުލާން ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ސިވިލް ސާވަންޓުން މިހާރު މަސައްކަތް ކުރާ ވަގުތަކީ ގާތްގަނޑަކަށް ހަ ގަޑިއިރު ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވަގުތުގެ ފަރަގު ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް މިނިމަމް ވޭޖް ބޯޑުން ލަފާދީފައި ވާކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށްވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ފަރާތުން ރިކޮމެންޑޭޝަނެއް އެބަ އޮތް ޕްރައިވެޓް ސެކްޓާއާ އެއްގޮތަށް، 8 ގަޑިއިރަށް އިތުރު ކުރުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި ވިސްނާ އަދި އެކަމާ ދޭތެރޭގައި މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކަކާ މަޝްވަރާ ކުރާނެ ކަމެއް” މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ މިއަދު އިއުލާން ކޮށްފައި ވާއިރު، ޕަބްލިކް ސެކްޓަރުގެ މުވައްޒަފުންނަށް އިއުލާން ކުރި އަދަދަކީ ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ އެވެ. އަދި ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ރޭޓުންނެވެ.

އަމިއްލަ ކުދި ވިޔަފާރިތަކަށާއި، ބޮޑެތި އަމިއްލަ ވިޔަފާރިތަކަށް ދިނުމަށް މިނިމަމް ވޭޖު ބޯޑުން ލަފާދީފައިވާ އަދަދު ވަނީ ކުޑަކޮށްފަ އެވެ. އަމިއްލަ ކުދި ވިޔަފާރިތަކަށް ބޯޑުން ލަފާދީފައި އޮތީ ގަޑިއިރަކަށް 24.04 ރުފިޔާގެ މަގުން މަހަކަށް 5،000 ރުފިޔާ އެވެ. ނަމަވެސް މިނިސްޓަރު މިއަދު އިއުލާން ކުރެއްވި ވޭޖަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާ އެވެ. އެއީ 500 ރުފިޔާގެ ދަށްވުމެކެވެ.

ބޮޑެތި އަމިއްލަ ވިޔަފާރިތަކަށް ދިނުމަށް ބޯޑުން ލަފާދީފައި އޮތީ ގަޑިއިރަކަށް 42.79 ރުފިޔާގެ މަގުން މަހަކަށް 8،900 ރުފިޔާ އެވެ. ނަމަވެސް އެ ކެޓަގަރީއަށް ކަނޑައެޅި ވޭޖަކީ ގަޑިއިރަކަށް 38.46 ރުފިޔާގެ މަގުން މަހަކަށް 8،000 ރުފިޔާ އެވެ. އެއީ 900 ރުފިޔާގެ ދަށްވުމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.