Sat, 22 January, 2022, 8:03 pm
9 އަހަރުގެ ދަރިފުޅު 55 އަހަރުގެ ފިރިހެނަކަށް ވިއްކާލަނީ --

ހާލުގައި ޖެހިގެން ނުވަ އަހަރުގެ އަންހެން ދަރިފުޅު، އަތްބެއްގެ ގޮތުގައި 55 އަހަރުގެ މީހަކަށް ވިއްކާލައިފި

Share on twitter
Share on facebook
Share on twitter
Share on facebook

އަފްގާނިސްތާނުގެ ހާލުގައި ޖެހިފައިވާ އާއިލާއަކުން 9 އަހަރުގެ އަންހެން ދަރިފުޅު އަތްބެއްގެ ގޮތުގައި ވިއްކާލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޕަރްވާނާ މަލިކް ކިޔާ އެ ކުއްޖާ 55 އަހަރުގެ ފިރިހެނަކަށް ވިއްކާލާފައި ވަނީ 2200 ޑޮލަރަށެވެ. އަދި އެ އާއިލާއިން އެ ކުއްޖާ ވިއްކާލީ އެ މީހާގެ އަންބެއްގެ ގޮތުގައި ކަމަށް ވެއެވެ.

އާއިލާއިން ބުނީ، އިތުރު ގޮތެއް އޮތް ނަމަ ދަރިފުޅު ވިއްކާނުލާނެ ކަމަށެވެ. އަދި ކައިބޮއެ އުޅެވޭނެ ވަރަށްވެސް އާމްދަނީއެއް ނުލިބޭ ކަމަށާއި، އެ އާއިލާއިން ކުރާ މަސައްކަތުން މީގެ ކުރިންވެސް ލިބެނީ ކިރިޔާ ދިރިއުޅެވޭ ވަރަށް ކަމަށް ބުންޏެވެ.

އެހެން ނަމަވެސް މިހާރު އެވަރަށްވެސް ފައިސާ ނުލިބޭ ކަމަށް ވެއެވެ. އަދި ވިއްކާލުމުގެ ކުރިން ގާތްތިމާގެ މީހުން ކައިރީގައިވެސް އެހީއަށް އެދުނު ކަމަށާއި، މަގުމަތީގައި ސަލާމްވެސް ޖެހި ކަމަށް ބުންޏެވެ. އެހެން ނަމަވެސް އާއިލާގެ 8 މެންބަރުންނަށް ކާންދެވޭ ވަރު ނުވާ ކަމަށް ބުންޏެވެ.

ދަރިފުޅު ވިއްކާލަމުން ޕަރްވާނާގެ ބައްޕަ ވަނީ ދަރިފުޅު ރަނގަޅަށް ބެލުމަށް އެމީހާ ކައިރީގައި އާދޭސް ކޮށްފައެވެ. އަދި ދަރިފުޅު ގައިގައި ނުޖެހުމަށާއި، މިހާރު ޒިންމާ ވާނީ އޭނާ ކަމަށް ބުނެ ރޮއެ އާދޭސް ކޮށްފައި ވެއެވެ.

އެ އާއިލާއިން މީގެ ކުރިން ވަނީ އެމީހުންގެ 12 އަހަރުގެ އަންހެންް ދަރިފުޅުވެސް ވިއްކާލާފައެވެ.

އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކުގެ މެދުގައި މިކަމަކީ އާންމު ކަމަކަށް މިހާރު ވަނީ ވެފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން އާއިލާއަކުން ވަނީ އެމީހުން 3 އަހަރުގެ އަންހެން ދަރިފުޅު 550 ޑޮލަރަށް ވިއްކާލާފައެވެ. އަދި އޭގެ ކުރިންވެސް އެކި އާއިލާތަކުން އަންހެން ދަރިން ވިއްކަމުން ދާ ވާހަކަ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.