Sat, 22 January, 2022, 7:53 pm
ހިތާދޫއާއި ކިނޮޅަހުބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި -- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ހިތާދޫއާއި ކިނޮޅަހު ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއަށް

Share on twitter
Share on facebook
Share on twitter
Share on facebook

ބ. ހިތާދޫއާއި ރ. ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މިއަދު އެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ހިތާދޫ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުމާއި، 70 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 90 މީޓަރު ރިވެޓްމެންޓް ޖެހުމާއި 4 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.

އޭގެ އިތުރުން، 5 މޫރިން ބޮއި ހަރުކުރުމާއި، އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ބްރިޖެއް އިމާރާތް ކުރުމާއި 1.5 މީޓަރު 75 މީޓަރުގެ ކޮންކްރީޓް ޕްލެޓްފޯމެއް ގާއިމު ކުރުމާއި، 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހެދުމާއި، 18 މަގުބައްތި ހަރުކުރުމާއި، 1،750 އަކަ މީޓަރުގެ ޕޭމަންޓު ހެދުން ހިމެނެއެވެ.

އެ މަޝްރޫއަކީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 15،252 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 31،726 ކިއުބިކް މީޓަރަށް ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 1،920 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 162 މީޓަރު ގްރޮއިން ޖެހުމާއި، 285 މީތަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 65 މީޓަރު ރިވެޓްމެންޓު ޖެހުމާއި، 186 މީޓަރު ސްކޯރުން އެޕްރޮން ޖެހުމާއި 2 ނެވިގޭޝަން ލައިޓު ހަރުކުރުން ހިނެއެވެ.

އޭގެ އިތުރުން، 160 މީޓަރު ކޮންކްރިޓު ކާބް ޖެހުމާއި، 186 މީޓަރު އެއްގަމު ތޮށި ޖެހުމާއި، 10 މީރުން ބޮއި ހަރުކުރުމާއި 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހެދުމާއި 18 މަގުބައްތި ހަރުކުރުމާއި 1،663.36 އަކަ މީޓަރުގެ ޕޭވްމަންޓު ހެދުން ހިމެނެއެވެ.

420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއަކީ 45.124 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.