Fri, 21 January, 2022, 7:11 am

ފޯނޭޝަންސް ކަޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ މާޓީވީން، ސްކޯ ދިމާކޮށްގެން ގިފްޓުޕެކެއް

Share on twitter
Share on facebook
Share on twitter
Share on facebook

ފޯނޭޝަންސް ކަޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މާޓީވީގައި އަޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭއެވެ. މިރޭގެ މެޗުގައި ވަދަކުރާނީ ރާއްޖެއާއި ލަންކާއެވެ.

އެސްޓީއޯއިން ބުނީ، މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން އެ ކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށެވެ. އެގޮތުން، ރައްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ފަސް ފަރާތަކަށް ގިފްޓު ޕެކުތަކެއް ހާސިލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ގިފްޓު ޕެކުތަކުގައި އެސްޓީއޯގެ ގްރީންލައިފް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނޭ ރީޔޫޒަބްލް ފުޅިއާއި، ޓޯޓް ބޭގާއި ކަރުދާސް ކޮތަޅު ހިމެނޭނެއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ދައުވަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. އަދި އެ މުބަރާތް ފެށުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ މުބާާރާތުގައި ބައިވެރިވަނީ ހަތަރު ޓީމެކެވެ. އެއީ މުބާރާތް ބާއްވާ ލަންކާގެ އިތުރުން ރާއްޖެއާއި ބަންގްލަދޭޝް އަދި ސީޝެލްސް އެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ, އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މުބާރާތް ފެށުމުގެ ގޮތުން މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖޭގެ ގައުމީ ތީމާއި ލަންކާގެ ޓީމެވެ. މި މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދޭނީ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ އެވެ. ލަންކާއަށް ފުރުމުގެ ކުރިން މޮރިއޭރޯ ބުނީ, މުބާރާތުގައި އޭނާގެ އަމާޒަކީ ރާއްޖެއަށް ތަށި ހޯދައިދިނުން ކަމަށެވެ.

މިރޭ ފަށާ މުބާރާތް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.