Fri, 21 January, 2022, 7:27 am
މާރިޗު 10، 2021ގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ---

މިއީ ރާއްޖެއަށް އަންނާނެ އެންމެ ތާހިރު ފަސް އަހަރު: ރައީސް

Share on twitter
Share on facebook
Share on twitter
Share on facebook

މިދިޔަ ތިން އަހަރު ދުވަަހު، ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުރާ މަސައްކަތާއެކު މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެގެން ތިބެގެން ކަމަށް ވޭތުވި ތިން އަހަރަށް ފެށުމުގެ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަަހަރާ އެކު ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްްއަހަރު ކަމުގައި މި ފަސް އަހަރު ވެގެންދާނެ،” ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައިވާ އިގުތިސާދީ ހަރަކާތް ގުޅެނީ ފުދުންތެރި މުޖުތަމައަކަށްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުދުންތެރި މުޖުތަމައަކުން އުފެދނީ އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖެ އައިގެން މި ސަރުކާރު މިދަނީ އެ މިސްރާބަށް ކަމަށެވެ.

އެގޮތުން ރާއްޖެ ވައިގެ މަގުން ގުޅާލައި، ކަނޑަދަތުރުގެ ވިހިތިރީސް މިނެޓުގެ ދަތުރަކަށްފަހު، ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް އުދުއްސައިގަނެވޭނެ ގޮތަށް ވައިގެ އެވިއުގަ އެދަނީ އެމުނި ތަރުތީބުވަމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް ހުއްޓުމެއްނެތި ހިނގާނެ ކަމަށާއި ހައިސްޕީޑް ފެރީ ނެޓްވޯކުގެ ހަރުފަތްތައް ދާނީ ގިރާ ކުރަމުން ކަމަށެވެ. އަދި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 100 އަށްވުރެ ގިނަ ބަނދަރެއްގެ މަސައްކަތް އެކިމަރުހަލާގައި ހިނގާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.