Fri, 21 January, 2022, 8:03 am

މޯލްޑިވްސް ސިމެންތީގެ ވިޔަފާރި މާކެޓްކޮށް ފުޅާކުރުމަށް އެސްޓީއޯ އާއި އެޕޯލޯ ކުންފުނިން އެއްބަސްވުމަކަށް

Share on twitter
Share on facebook
Share on twitter
Share on facebook

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކަމުންދާ “މޯލްޑިވްސް ސިމެންތި”ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި، އެސްޓީއޯގެ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެނާޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މުހައްމަދު ވަހީދެވެ.

އެސްޓީއޯއާއި އެޕޯލޯއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެ ކުންފުންޏެވެ.

އެސްޓީއޯ އިން ބުނީ، އެޕޯލޯއާއެކު ސޮއިކުރި އެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުން ކަމަށެވެ. އަދި މިއީ ދެ ކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި ބުންޏެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެ އެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން ބުނީ، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާ އިރު، އެކުންފުންޏާއެކު ހެދި ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން “މޯލްޑިވްސް ސިމެންތި”އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެ ކަމަށެވެ.

ފަންނީ ތަޖުރިބާކާރުންނާއި މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ “މޯލްޑިވްސް ސިމެންތި” އަކީ މާކެޓުގައި މިހާރު ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތި އެވެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

“މޯލްޑިވްސް ސިމެންތި”އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑުން ތިލަފުށީގައި ގާއިމުކޮށްފައިވާ ފެކްޓްރީން އުފައްދަމުން އަންނަ ސިމެންތިއެކެވެ. އެސްޓީއޯ އިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތްކަތް ކުރަމުން އަންނަ ކުންފުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.