Fri, 30 September, 2022, 5:22 pm

ޖަސްޓިން ބީބާ، “ބުރުގާ”އެއް އަޅައިގެން ލަވަކިޔަން އެރުމުން ފާޑުކިޔުން

ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ “ބުރުގާ” އެއް އަޅައިގެން ސްޓޭޖަށް އެރުމުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ޔޫޓާގައި އޮތް ޝޯއެއްގައި ޖަސްޓިން ސްޓޭޖަށް އެރީ ބޮލުގައި ހެޑް ސްކާފެއް އަޅައިގެންނެވެ. އެެ ސްކާފް އަޅައިގެން ހުރި ގޮތުން ވައްތަރީ ބުރުގާ އަޅައިގެން ހުރިހެންނެވެ. އެކަމާ ގުޅިގެން އޭނާއަށް ސަޕޯޓު ކުރާ މީހުންނާއި “ހޭޓާސް”ގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ.

ބައެއް ސަޕޯޓަރުން ބުނާ ގޮތުން، އެ ސްކާފް އަޅައިގެން އޭނާ ސްޓޭޖަށް އެރުމުން ދޭހަ ވަނީ އޭނާ މުސްލިމުންނަށް އިހުތިރާމް ނުކުރާ ކަމެވެ. އަދި އޭނާ އިސްލާމް ދީނަށް ހަޖޫ ޖެހީ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބައެއް މީހުން ބުނަނީ ޖަސްޓިން ސްކާފެއް އަޅައިގެން ހުރި ގޮތުން ބޮޑަށް ވައްތަރީ ރަޝިއާގެ ދުވަސްވީ އަންހެނުން ބޮލުގައި ސްކާފެއް އަޅާ ގޮތާ ކަމަށެވެ. އެމީހުން އެ ސްކާފަށް ކިޔާ އުޅެނީ ބަބުޝްކާ ނުވަތަ ބަބުޝްކަސް އެވެ.

ޖަސްޓިން ސްކާފް އެޅުމުން، އެކަން ކަމުދިޔަ މީހުންނަށްވުރެ ގިނައީ އެކަމާ މެދި ހިތްހަމަނުޖެހުނު މީހުންނެވެ، އަދި އޭނާ އެކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.