Fri, 30 September, 2022, 6:41 pm
ކޮޕީ މުހައްމަދު ރަޝީދު --

ކޮޕީ ރަޝީދުގެ މައްޗަށް ކުރާ ކަށުނަމާދު ހުކުރު ނަމާދަށްފަހު އިސްލާމީމަރުކަޒުގައި

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު)ގެ ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީމަރުކަޒުގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮޕީ ރަޝީދު އަވަހާރަވީ، ސްޓްރޯކެއް ޖެހިވަޑައިގެން ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަވަހާރަވި އިރު އުމުރަކީ 72 އަހަރެވެ. އޭނާއަށް މީގެ ކުރިންވެސް ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެއްވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައްޔިތާއަށް ޒިޔާރަތް ކުރުން މިއަދު ހެނދުނު 10:30 ވަންދެން އާސަހަރާ މިސްކިތުގައި ކުރިއަށްދާނެ އެވެ.

ކޮޕީ ރަޝީދަކީ ތިން ފަހަރެއްގެ މަތިން އާންމު ހިދުމަތުގެ އިނާމު އަދި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މިދިޔަ އަހަރު އެވެ.

އުމުރުން 18 އަހަރުގައި ދިވެހި އަދަބިއްޔާތުގެ ދާއިރާއަށް ނުކުތުމަށް ފަހު ކޮޕީ ރަޝީދު ވަނީ އަދަބީ ރިނގުން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އަދި އެކި ރޮނގުރޮނގުން ހައްދަވާފައިވާ ޅެންތައް ނޫސް މަޖައްލާތަކުގަޔާއި ފަތްތޫރަ ފަދަ ފޮތްތަކުގައިވެސް ޝާއިރު ކުރައްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.