Mon, 29 November, 2021, 4:17 pm
the judge hammer a judge in court. located on a desk.

އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމައުއެއްގައި ހެޔޮކަމެއް ނޯންނާނެ: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހެޔޮލަފާ މުޖުތަމައެއް ބިނާކުރުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރާއްޖެ މިއަދު ވަނީ ހެޔޮ ލަފާ މުޖުތަމައެއް ބިނާކުރުމަށާއި ތަރައްގީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށެވެ. އެ މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެން ކަމަށްވެސް ބުންޏެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ރުކުންތަކަކީ އަދުލުވެރިވުމާއި އިންސާފު ގާއިމުކުރުމާއި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންތައްތައް ނަހީކުރުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި އިންސާފާއި ހަމަހަމަކަށް ނެތް މުޖުތަމައުއެއްގައި ސުލްހަވެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި ހެޔޮކަންކަމަށް އަމުރުުކުރުމާއި ނުބައިކަންތައްތައް ނަހީ ނުކުރާ މުޖުތަމައެއް ވެގެންދާނީ މުންކަރާތްތައް އާއްމުވެފައިވާ ބާއްޖަވެރިކަން ނެތް މުޖުތަމައަކަށް ކަމަށް ބުންޏެވެ.

މުންކަރާތް ހުއްޓުވުމަކީ އިސްލާމް ދީނުގައި ނުހަނު މަތީ ދަރަޖައަކަށް އަމުރުކޮށްފައިވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މުންކަރާތްތައް ނުހުއްޓުވާ މީހުންނަށް الله ތައާލާގެ ލައުނަތް ހުރިކަމަށް އެކަލާނގެ ވަހީކުރައްވާފައިވާ ކަމަށެވެ. އަދި މުންކަރާތް ހުއްޓުވުމުގައި ދަރަޖަތަކެއްވާ ކަމަށާއި އެކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ! އަތުން ހުއްޓުވުމަށް ނުކުޅެދިގެންވާ މީހާ ފަހެ, އޭނާގެ ދުލުހުން އެކަން ހުއްޓުވާށެވެ! އެކަމަށް ނުކުޅެދިގެންވާ މީހާ, އޭނާގެ ހިތުން އެކަން މަނާކުރާށެވެ! އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ.”

ހުތުބާގައި ބުނީ, އިސްލާމް ދީން ވަނީ ޒުވާނުންނަށް ތައުރީފުކޮށް, އެއުރެންނަށް މަތިވެރި މަގާމެއް ދީފައި ކަމަށެވެ. އަދި ހެޔޮ ގޮތުގައި ތަރުބިޔަތުވެގެން الله އަށް އަޅުކަން ކުރުން މަތީ ދެމިހުންނަށް ޒުވާނާއަށް ގިޔާމަތް ދުވަހު, މާތް اللهގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެ ބަޔާންކޮށްދެއްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މުންކަރާތްތައް މަނާކުރުމުގައި, މީހުން ބަދުނާމުކޮށް, އެމީހުންގެ އާއިލާއަށް މަލާމާތް ރައްދުކޮށް, ފަޟީހަތްކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވާފައިވާ ކަންކަން ކަމަށް ބުންޏެވެ. އަދި ކުށަށް އަރައިގަންނަ ޒުވާނުންނަށް ނަސޭހަތްދީ, ތަރުބިއްޔަތުކޮށް, އެމީހުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.