Sat, 22 January, 2022, 7:54 pm
2005 ވަނަ އަހަރު, އޭރުގެ ރައީސް މައުމޫން, ކޮޕީ ރަޝީދަށް އާންމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހަވާލުކޮށްދެއްވަނީ ---

ކޮޕީ ރަޝީދު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް: މައުމޫން

Share on twitter
Share on facebook
Share on twitter
Share on facebook

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ

ކޮޕީ ރަޝީދު އަވަހާރަވީ، ސްޓްރޯކެއް ޖެހިވަޑައިގެން ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަވަހާރަވި އިރު އުމުރަކީ 72 އަހަރެވެ. އޭނާއަށް މީގެ ކުރިންވެސް ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެއްވި އެވެ.

މަހުރޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވައި މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮޕީ ރަޝީދަކީ ރާއްޖޭގެ މަޝްހޫރު ފަންނާނެއް ކަމަށާއި އެއީ ކުޅަދާނަ ޝާއިރެއް އަދި މޮޅު އަތުލިޔުންތެރިއެއް ކަމަށެވެ. އޭނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށްވެސް ވިދާޅުވި އެވެ.

ކޮޕީ ރަޝީދުގެ މައްޗަށް ކަށުނަމާދު ކޮށްފައި ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީމަރުކަޒުގަ އެވެ.

ކޮޕީ ރަޝީދަކީ ތިން ފަހަރެއްގެ މަތިން އާންމު ހިދުމަތުގެ އިނާމު އަދި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މިދިޔަ އަހަރު އެވެ.

އުމުރުން 18 އަހަރުގައި ދިވެހި އަދަބިއްޔާތުގެ ދާއިރާއަށް ނުކުތުމަށް ފަހު ކޮޕީ ރަޝީދު ވަނީ އަދަބީ ރިނގުން ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އަދި އެކި ރޮނގުރޮނގުން ހައްދަވާފައިވާ ޅެންތައް ނޫސް މަޖައްލާތަކުގަޔާއި ފަތްތޫރަ ފަދަ ފޮތްތަކުގައިވެސް ޝާއިރު ކުރައްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.