Fri, 21 January, 2022, 8:06 am

ރޭގަނޑު ރަނގަޅަށް ނުނިދިއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހު ހަދަންވީ މިހެން

Share on twitter
Share on facebook
Share on twitter
Share on facebook

ރޭގަނޑު ގަޑީގައި ރަނގަޅަށް ނުނިދިއްޖެ ނަމަ، މުޅި ދުވަހުވެސް މީހާ ހުންނާނީ މޫޑު ގޯސްވެފައެވެ. އަދި އެއްވެސް ކަމެއް ކުރާ ހިތެއްވެސް ނުވާނެއެވެ. ބޭނުންވާނީ ނިދާށެވެ. ތަޖުރިބާކާރުން ބުނާ ގޮތުން، ރޭގަނޑު ރަނގަޅަށް ނުނިދިއްޖެ ނަމަ އަމަލުތައް ބަހައްޓަންވާނީ ވަކި ހާއްސަ ގޮތަކަށެވެ. އޭރުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެއެވެ.

މިކަމަށް ކުރެވެން އޮތް ފުރަތަމަ ކަމަކީ އާންމުކޮށްވެސް ހޭލާ ގަޑިއަށް ހޭލުމެވެ. ރޭގަނޑު ރަނގަޅަށް ނުނިދޭ ނަމަ، ދުވާލު ގަޑީގައި އިތުރަށް ނިދާލުމަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުން، ރަނގަޅަށް ނުނިދުނަސް އެންމެ ރަނގަޅު ގޮތަކީ ހެނދުނާ ހޭލުމެވެ. އަދި އޭގެ ސަބަބުން ޖެހިގެން އަންނަ ރޭ ނިދަން އޮށޯތުމުން ފަސޭހައިން ނިދުމަށް އެހީތެރިވެދޭނެއެވެ.

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް ކޮފީ ތައްޓެސް ބޯލުމަކީ ގިނަ ބައެއްގެ އާދައެވެ. އެހެން ނަމަވެސް، ރޭގަނޑު ރަނގަޅަށް ނުނިދިއްޖެ ނަމަ ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކަމަކަށް ކޮފީ ނުބޮއުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ. އެގޮތުން، އެންމެ ފުރަތަމަ ބޯންވީ ފެން ތައްޓެކެވެ. ކޮފީ ބޯންވީ އެޔަށް ފަހުގައެވެ.

ތަޖުރިބާކާރުން ބުނާގޮތުން، އަވީގައި ވަގުތު ހޭދަކުރުމަކީ މީހާ ހޭލެއްވުމަށް އެހީވާ ކަމެކެވެ. އެހެންކަމުން، ރަނގަޅަށް ނުނިދިއްޖެ ނަމަ ޖެހިގެން އަންނަ ދުވަހު އަވި ނޫނީ “ނެޗުރަލް ލައިޓް” ލިބޭ ހިސާބުގައި ހުރުމުން، ދުވާލު ގަޑީގައި ނިދި ނައިސް މަސައްކަތްތައް ކުރުމަށް ފަސޭހަ ވެގެން ދާނެއެވެ.

ދުވާލު ގަޑީގައި ކުދާ ވަގުތުކޮޅަކަށް ނިދާލުން، ނުވަތަ “ނެޕް” އެއް ނެގުމަކީ ގިނަ ބަޔަކު ކުރާހިތްވާ ކަމެކެވެ. ތަޖުރިބާކާރުން ބުނާގޮތުން، ރޭނގަނޑު ރަނގަޅަށް ނުނިދޭ ނަމަވެސް، މިއީ ކުރަން ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް މިގޮތަށް ނިދާއިރު ނިދަން ވާނީ 20 ވަރަކަށް މިނެތެވެ. މާ ގިނަ އިރު ނިދައިފި ނަމަ އަނެއްކާވެސް ރޭގަނޑު ނިދަން އުނދަގޫ ވާނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.