Fri, 21 January, 2022, 6:26 am
މަހުމޫދުގެ ގާތިލު ކަމަށް ތުހުމަތުވާ ސާލިމް -- ފޮޓޯ: މިހާރު

މަހުމޫދުގެ މަރު: ސާލިމް ޝަރީއަތް ނިމެންދެން ބަންދަށް، އަންނަ ހަފުތާގައި ޕީޖީއަށް ފޮނުވަނީ

Share on twitter
Share on facebook
Share on twitter
Share on facebook

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފަޅު ގެއެއްގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ގާތިލު ކަމަށް ތުހުމަތުވާ މައްސަލައިގައި ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ މަހުމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސާލިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާރު ކުރަމުން ދަނީ ތަހުގީގު ނިންމުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ދައުވާ ކުރުމަށް އަންނަ ހަފްތާ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން މަސައްކަތް ކުރަމުން ދާކަމަށް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ޕީޖީއަށް ފޮނުވުމަށް ފަހު އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕްރެސް ބްރީފިންއެއް ބާއްވާނެ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް މަހުމޫދު މަރާލައި، ވަޅަކަށް ލައިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ފެނުނު އިރު އޭނާގެ ފަޔާއި ބޮލުގައި އޮތީ ސުތުލި ގޯނި އައްސައިފައެވެ. ދަނގެތީ ކައުންސިލު މެންބަރު ނައީމާ އަހުމަދު “ހަފްތާ” އަށް މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި، މަހުމޫދުގެ ބޮލުގެ ހަ ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އަދި ކަރުގެ ނޭވާ ހޮޅިއާ ދިމާލަށް ދެ ފަރާތުން ވަޅި ހަރާފައިވެސް ހުއްޓެވެ.

ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކުރީ މަހުމޫދުގެ ހަށިގަނޑު ފެނުނުތާ ދެ ދުވަސް ފަހުން، މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާއަކީ މުސްކުޅި މީހަކު ބަލަން އެ ރަށުގައި ހުންނަ މީހެކެވެ. އަދި އޭނާ ދިރިއުޅެމުން ދިޔައީވެސް އެ މީހާގެ ގޭގައެވެ.

ފުލުހުންގެ ތަހުގީގުން، މަހުމޫދަށް ނިސްބަތްވާ ބައެއް ތަކެތި ސާލިމް ދިރިއުޅެމުން ދިޔަ ގޭގައި ވަޅުލާފައި ހުއްޓާ ވަނީ ހޯދާފައެވެ. އެގޮތުން، މަހުމޫދުގެ ފޯނާއި، އައިޑީ ކާޑުގެ އިތުރުން، މައްސަލައާ ގުޅުންހުރި ބައެއް ހެކި ފެނިފައި ވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، މަހުމޫދު މަރާލުމުގައި ސާލިމް ނޫން މީހަކު ޝާމިލުވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.