Fri, 21 January, 2022, 7:05 am
ހަސަން ރާއިފު އަހުމަދު (ހަންނަ) --

ފުރަތަމަ 11އަށް އަރަން ވޯމްއަޕް ކުރަނިކޮށް ދާދުއަށް އަނިޔާވެއްޖެ، ބަދަލުގައި ހަންނަ

Share on twitter
Share on facebook
Share on twitter
Share on facebook

މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި މިއަދު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗުގެ ފުރަތަމަ 11ގައި ހިމަނާފައި ވަނިކޮށް ނާއިޒް ހަސަން (ދާދު) އަށް އަނިޔާވެއްޖެ އެވެ.

ސީޝެލްސްއާ ދެކޮޅަށް މިއަދު ރާއްޖެ ކުޅޭ މެޗަކީ މަރުގެ މެޗެކެވެ. ރާއްޖެއަށް ފައިނަލަށް ދެވެން އޮތް ހަމައެކަނި މަގަކީ އެ މެޗުން މޮޅުވުމެވެ.

ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ 11ގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުން ކުރީ އެއް ކުޅުންތެރިންތަކެކެވެ. ނަމަވެސް މިއަދު މެޗަށް ކޯޗު ވަނީ ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދަގަނޑޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ) އަދި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މެޗު ފަށާނީ ބެންޗުންނެވެ.

އެ ހަތަރު ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ 11ގައި ހިމެނި އެއް ކުޅުންތެރިއަކީ ދާދު އެވެ. ނަމަވެސް ވޯމްއަޕް ކުރަނިކޮށް އަނިޔާވެ، ފަހު ވަގުތު ހަސަން ރާއިފު އަހުމަދު (ހަންނަ) ވަނީ ހިމަނައިފަ އެވެ.

ހަންނަގެ އިތުރުން ދެން ހިމެނި އަނެއް ތިން ކުޅުންތެރިންނަކީ ހަމްޒާ މުހައްމަދު (ހަމްޕު)އާއި ނާއިޒް ހަސަން (ދާދު)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އަދި އަސަދުﷲ އަބްދުﷲ އެވެ.

މިއަދުގެ މެޗަށް ނެރޭ ފުރަތަމަ 11

 • ސަމޫހު އަލީ (ސަމުއްޓެ)
 • އަހުމަދު ނޫމާން (ހެލްމެޓް)
 • މުހައްމަދު އުމައިރު
 • އިބްރާހީމް އައިސަމް
 • އަސަދުﷲ އަބްދުﷲ
 • ހަމްޒާ މުހައްމަދު (ހަމްޕު)
 • އަކްރަމް އަބްދުލްޣަނީ (އަކޫ)
 • ހައިޝަން ހަސަން (ބިޑި)
 • އަލީ ނާޖިހު/ ކީޕަރު
 • ހަސަން ރާއިފު އަހުމަދު
 • ހުސައިން ނިހާން (ނިހާޓް)

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކައިރިން 4-4 އިން އެއްވަރުވެފައިވާ އިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މިދިޔަ 18 އަހަރު ތެރޭގައިވެސް ބަންގުލަދޭޝް އަތުން ރާއްޖެވި ފުރަތަމަ ބައްޔެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.