Fri, 30 September, 2022, 8:15 am
ޝެއިހް ބުހާރީގެ ހާއްސަ ދަރުހެއް މާދަމާ ރޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާނުންނަށް ޝައިހް މުއިއްޒު ބުހާރީގެ ހާއްސަ ދަރުހެއް މާދަމާ ރޭ

އައްޝައިހް މުއިއްޒު ބުހާރީގެ ހާއްސަ ދަރުހެއް މާދަމާ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.

އިސްމާލިކް މިނިސްޓްރީން ބުނީ މަޝްހޫރު ދާއީ އައްޝައިހް މުއިއްޒު ބުހާރީގެ ހާއްސަ ދަރުހެއް މާދަމާ ރޭ 21:00 ގައި ވާއްވަން ހަމަޖެހިފައި ވާކަމަށެވެ. “ދަ ޔޫތު ޑިލެމާ”ގެ ނަމުގައި ބާއްވައި އެ ދަރުން ބާއްވާނީ އިސްލާމިކް މިނިސްޓްރީގެ ހޯލުގައެވެ.

އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލުންވެސް އެ ދަރުސް ލައިވް ކުރާނެއެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެ ދަރުހުގައި ބައިވެރިވުމަށް މިިސްޓްރީން ވަނީ އެދިފައެވެ.

ސްރީލަންކާގެ ޝެއިހެއް ކަމަށްވާ މުއިއްޒު ބުހާރީއަކީ އުމުރުން 14 އަހަރުގައި ޤުރުއާން ހިދުދަސްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 10 އަހަރު އަރަބި ބަހާއި އިސްލާމީ ފިގްހު އަދި ހަދީޘް އިލްމު އުގެންނުމުގައި ހޭދަކުރެއްވިއެވެ.

ޝައިހް މުއިއްޒު ބުހާރީއަކީ ކޮލަމްބޯގެ “ސަކީނާ އިންސްޓިޓިއުޓް”ގެ ސީއީއޯއެވެ. އަދި ކޮލަމްބޯގެ “އިންޓަނޭޗަނަލް އިސްލާމިކް އިންސްޓިޓިއުޓް”ގައި އަރަބި މާއްދާ ކިޔަވައިދެއްވާ މުދައްރިސެކެވެ. އެ އިންސްޓިޓިއުޓަކީ ޝެއިފް މުއިއްޒު ބުހަރީ ތައުލީމު ހާސިލު ކުރެއްވި އިންސްޓިޓިއުޓްވެސް މެއެވެ.

އޭގެ އިތުރުން، ޝެއިހް މުއިއްޒު ބުހާރީއަކީ ކޮލަމްބޯގެ ވެލަވެޓްގެ އެންމެ ބޮޑު ހުކުރު މިސްކިތުގެ ހަޠީބެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.