Fri, 30 September, 2022, 6:53 pm
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ގޯލްޑް 100 ގާލާ" އިވެންޓުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި: ރައީސް ސޯލިހް

ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ “ގޯލްޑް 100 ގާލާ” އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިއަދު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައި ވާއިރު، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި އިގްތިސާދީ އަނދަވަޅުގެ ތެރޭގައިވެސް އަތް އުރާލައިގެން ތިބީ ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން، ބޮޑެތި ވިޔަފަރާއި ތަކަށާއި ކުދި ވިޔަފާރިތަކަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

“އާ ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށްޓަކައި ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި” ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮވިޑުގެ އުނދަގޫ ހާލަތުގައިވެސް ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށް ވިޔަފާރިތަކުން ކުރި މަސައްކަތްތައް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކޮވިޑުގެ ތެރޭގައި ރާއްޖެ ވެއްޓުނު އިގްތިސާދީ އަޑިގަނޑުން އަދި މުޅިން އަރައިގަނެވިފައި ނުވި ނަމަވެސް، މިހާރު އުންމީދުގެ ހުޅުކޮޅެއް ފެންނަ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޕަސަންޓު ހުރީ ކޮވިޑުގެ ކުރިން އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅާބަލައިރު 70 ޕަސަންޓުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.