Sat, 22 January, 2022, 8:35 pm
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު އެ ކުންފުންޏަށް ލިބުނު ގޯލްޑް 100 އެވޯޑާ ހަވާލުވެލައްވަނީ -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ގޯލްޑް 100 އެވޯޑު ފަސްވަނަ ފަހަރަށް އެމްޑަބްލިޔުއެސްސީއަށް

Share on twitter
Share on facebook
Share on twitter
Share on facebook

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން އަނެއްކާވެސް “ގޯލްޑް 100” އެވޯޑު ހާސިލު ކޮށްފިއެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް، ދޭ އެވޯޑެކެވެ. މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މިއީ އެބްޑަބްލިޔުއެސްސީއަށް މި އެވޯޑު ލިބުނު ފަސްވަނަ ފަހަރެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެ އިވެންޓުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތަކަށް އެވޯޑު ހަވާލުކުރެއެވެ. އަދި އެ އެވޯޑަށް ވިޔަފާރީގެ އެކި ދާއިރާތަކުން ފުންފުނިތައް ހޮވަނީ އެކަމަށް އެކުލަވާލާ ހާއްސަ ބޯޑަކުންނެވެ.

އެ އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.

އެމްޑަބްލިޔުއެސްސީއަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާއާއި ގުޅުންހުރި ހިދުމަތްތައް ދެމުން އަންނަ ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން މަސްވެރިންނަށް އައިސް ފޯރުކޮށްދެއެވެ.

އޭގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީ ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވަޔަރިންއަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން އުފައްދާ އާރް.އޯ ފްލާންޓު އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.