Sat, 22 January, 2022, 8:13 pm

ލިވިން އެކްސްޕޯ: މޯލްޑިވް ގޭހުގެ ޕައިޕްލައިން ހިދުމަތާ ގުޅޭ މައުލޫމާތާއެކު ކާއްޓޭ ލައްކަ ވާހަކަ ކިޔައިދޭނެ

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގެ މަޝްހޫރު އިވެންޓް އިންތިޒާމުކުރާ ކުންފުނި، ހައިރައިޒުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގައި މޯލްޑިވް ގޭހުގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ހާއްސަ ލަކީޑުރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ލަކީޑްރޯއާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ އެކްސްޕޯގައި މޯލްޑިވް ގޭހުގެ ސްޓޯލަށް ޒިޔާރަތްކޮށް، ނަން ނޯޓުކޮށްލުމުން އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެކްސްޕޯ ނިންމާލައި ދުވަހު ލަކީޑްރޯ ހޮވާ އިރު، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް މައިކްރޮވޭވް އަވަނެއް ލިބޭނެ ކަމަށް ބުންޏެވެ.

އެ ސްޓޯލްގައި އެ ކުންފުނިން ދަނީ އާންމުން ހޭލުންތެރިކުރުވުމަށްވެސް ހާއްސަ ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން މަޝްހޫރު ކޮމީޑިއަން ކާއްޓޭއާއެކު “އިނގޭތަ ވިތް ކާއްޓޭ”ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކޮންމެ ރެއަކު 8:00 އިން 9:00އަށް އެ ސްޓޯލްގައި ކުރިއަށްދާނެ އެވެ.

އެ ހަރަކާތުގައި ގޭހާ ގުޅޭ މައުލޫމާތު އެނގެނީ ކިހާ ވަރަކަށްތޯ ބަލައި، ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ހިއްސާކުރާނެ އެވެ. އެގޮތުން ގޭސް ލީކު ވެއްޖެނަމަ ހަދާނެ ގޮތާއި އެނޫންވެސް މައުލޫމާތު އެ އިވެންޓުން ލިބޭނެ އެވެ.

މޯލްޑިވް ގޭހުގެ ސްޓޯލުގައި އެ ކުންފުނިން ވިއްކާ ހުރިހާ ވައްތަރެއްގެ ގޭސް ޑިސްޕްލޭ ކޮށްފައި ހުރި އިރު، އެ ކުންފުނިން ދޭ ޕައިޕްލައިންގެ ހިދުމަތަ ގުޅޭ އިތުރު މައުލޫމާތުވެސް ލިބޭނެ އެވެ.

މޯލްޑިވް ގޭހުން ބުނީ، ޕައިޕްލައިންގެ ހިދުމަތަކީ ކަސްޓަމަރުންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށާއި އެ ހިދުމަތުގެ ސަބަބުން، އުސް އިމާރާތްތަކަށް ގޭސްފުޅި އުފުލުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ފެށި ލިވިން އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިފަހަރުގެ އެކްސްޕޯގައި 35 ކުންފުންޏަކުން ބައިވެރިވާ އިރު، އެކްސްޕޯ އިން ގެދޮރުވެރިކަމާ ގުޅޭ އެކި ޕްރޮޑަކްޓުތަކާއި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.