Fri, 30 September, 2022, 6:56 pm
ފިރިހެނުންގެ ދުވަހާއި ފާހާނާ ދުވަސް ފާހަގަ ކުރަން އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޮޑު ބައެއް މިއަދު އަދާކުރަނީ އެމްޑަބްލިޔުއެސްސީން: ޝާހް

ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޮޑު ބައެއް އަދާކުރަނީ މިއަދު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު އެހެން ވިދާޅުވީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާއި ފާހާނާ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާގައި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި، އެ ކުންފުނީގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

އެ ހަފްލާފައި ޝާހު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ އާބާދީގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތި، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ބޮޑު ބައެއް އަދާކުރަނީ އެމްޑަބްލިޔުއެސްސީން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް ނަރުދަމާގެ ހަރުދަނާ ނިޒާމަކުން އެހީތެރިވެދޭ ކަމަށް ޝާހު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.