Fri, 21 January, 2022, 6:11 am
ދެ މީހަކު ސަލަމް ކުރަނީ ---

އިސްލާމީ ވަހުދަތު ގާއިމުކުރުމަށް ދެބަސްވުންތަކާއި އަރާރުންތަކާ ދުރުހެލިވާން ހުތުބާގައި ގޮވާލައިފި

Share on twitter
Share on facebook
Share on twitter
Share on facebook

އިސްލާމީ ވަހުދަތު ގާއިމުކުރުމަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ދެބަސްވުންތަކާއި އަރާރުންތަކާ ދުރުހެލިވުންވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވާވަރުގެ ގާބިލުކަން އިސްލާމީ އުއްމަތުގެ އެއްބަނޑުއެއްބަފައިކަމުގެ ގެތަކުންތަކުގައި އެބަހުރި ކަމަށެވެ.

އެކަމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށާއި ދެވަނަ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދައި، އެއަށް ފެންދީ ހައްދައި ބޮޑުކުރުމަށް މަސައްކަތް ކުރުމާއެކު އެކަމާ އަރާރުންވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުން ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ދަރީންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއި އެ ދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަހުދަތު ދަރީންނަަށް ދަސްކޮށްދީ އެ ގޮތުގެ މަތީން އެކުދިން ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންނާއި އެދުރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ގޮވާލެއްވި އެވެ.

އިސްލާމީ ވަހުދަތު ހަރުދަނާ ކުރުމަށްޓަކައި ކީރިތި ޤުރުއާން ގޮވައިލަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، ނަސްރު ދިނުމަށާއި މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިސްލާމީ ވަހުދަތު ގާއިމުކުރުމަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ދެބަސްވުންތަކާއި އަރާރުންތަކާ ދުރުހެލިވުންވާންޖެހޭ ކަމަށެވެ.

އަދި އިސްލާމީ ވަހުދަތާއި އީމާންކަމުގެ އުހުއްވަތްތެރިކަން ގާއިމު ކުރެވޭނީ އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތުތައް އިސްކުރެވިގެން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމީ ވަހުދަތަކީ ވަކި ސަގާފަތަކާއި ނުވަތަ ވަކި ގައުމަކާ ނުވަތަ ވަކި ފަންތިއަކާ ނުވަތަ ވަކި ޖިންސަކާ ދެކޮޅަށް މުސްލިމުން އުފުލާ ޝިއާރެއް ނޫން ކަމަށާއި އެއީ އެއްވެސް މުޖުތަމައަކަށް ނުރައްކަލެއް އޮތް ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް އެއީ ހެޔޮ ކަންތައްތަކަށް އަމުރުކުރުމަށާއި ނުބައި ކަންތައްތައް މަނާކުރުމުގެ ތަރަަހައިގެ ތެރޭގައި އޮތް ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީން ގޮވާލަނީ އެއްބައިވަންތަކަމަށާއި އެއްގަލަކަށް އެރުމަށާއި އެކަތިގަނޑަކަށް ވުމަށާއި ބައިބައި ނުވުމަށާއި އެކަކު އަނެކަކު ދެކެ ރުޅިނައިސް އެއްބަނޑު އެއްބަފައި ބައެއްގެ ގޮތުގައި އުއްމަތް ބިނާކުރުމަށްޓަކައި އަތުގުޅައިލުމަށް ކަމަށެވެ. އަދި ތައުހީދުގެ ކަލިމައަށްފަހު އިސްލާމް ދީން ގެނެސްދީފައިވަނީ ކަލިމައިގެ އެއްބައިވަންތަކަން ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.