Tue, 4 October, 2022, 11:23 am
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްހޫރު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.

އޭޕްރިލް 8، 2021ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 5303 މީޓަރުގެ 11 މަގެއްގައި ތާރުއަޅާނެ އެވެ. އަދި މަޝްރޫއުގެ ދަށުން 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކޮށް އޭބީސީ ފަށަލަ އަޅާ އިރު، 11،113.80 އަކަ މީޓަރުގެ ސަރަހައްދެއްގައި ފުޓްޕާޓް ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނި 470 ދުވަސް ތެރޭގަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.