Fri, 21 January, 2022, 6:56 am
ހައިރައިޒްގެ ލިވިން އެކްސްޕޯގެ ތެރެއިން --

ލިވިން އެކްސްޕޯ: ސޮލިޓަޔާގެ އެޕާޓްމެންޓުތަކަށް ބުކިން ހައްދަން، ބޮޑު ޑިމާންޑެއް

Share on twitter
Share on facebook
Share on twitter
Share on facebook

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝެންޑަލް މޮރީޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ އެޕާޓްމެންޓުތަކުގެ ޕްރޮޖެކްޓް ލޯންޗުކޮށްފިއެވެ.

“ސޮލިޓަޔާ”ގެ ނަމުގައި އެ ޕްރޮޖެކްޓު ލޯންޗުކުރީ ހައިރައިޒްއިން އިންތިޒާާމުކޮށްގެން މިހާރު ކުރިއަށްގެންދާ ލިވިން އެކްސްޕޯގައެވެ. 10 ބުރިއަށް އިމާރާތްކުރާ އެ އިމާރާތް ހުންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުގައެވެ.

ޒަމާނީ ފެންވަރަށް އިމާރާތްކުރާ ސޮލިޓަޔާގައި ހުންނަ ލަގްޒަރީ އެޕާޓްމެންޓުތަކުގެ ބުކިން ހައްދަން އެކްސްޕޯގައި ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށް އެ ކުންފުނިން “ހަފްތާ” އަށް މައުލޫމާތު ދެއެވެ. އެ ކުންފުނިން ބުނީ، އާންމުންގެ ފަރާތުން ސޮލިޓަޔާގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިިބިފައި ވާކަމަށާއި، އެކްސްޕޯ ނިންމާއިރު ހާސިލުކުރަން ބޭނުންވި ޓާގެޓް މިހާރުވެސް ހާސިލުވެފައި ވާކަމަށެވެ.

އޭގެ އިތުރުން، އެކްސްޕޯގައި އެ މަޝްރޫއު އެންމެ ފުރަތަމަ ލޯންޒުކުރި ދުވަހު އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް ފެށިއެވެ. އެހެން ނަމަވެސް ޑިމާންޑު ބޮޑުވެ، ޓާގެޓުވެސް ހާސިލުވެފައި ވުމާއެކު މިހާރު ވަނީ އެ ޕްރޮމޯޝަން ނިންމާލައިފައެވެ.

ސޮލިޓަޔާގެ ތިރީ ދެ ފްލޯ ފިހާރަތަކާއި ވިޔަފާރިތަކަށް ދޫކުރަން ހަމަޖެހިފައި ވާއިރު، އެޕާޓްމެންޓުތައް ހުންނާނީ 8 ފްލޯގައެވެ. އެ އިމާރާތުގައި ހަދަން ނިންމާފައި ވަނީ 3 ޕްލަސް 1 ރޫމްގެ އެޕާޓްމެންޓުތަކެކެވެ. އެ އިމާރާތުގެ މަސައްކަތް ފަށާނީ އަންނަ އަހަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ދެ އަހަރުގެ ތެރޭގައި އެޕާޓްމެންޓުތަކުގައި މީހުން އުޅެވޭ ވަރު ވާނެއެވެ.

އެޕާޓްމެންޓުތަކުގެ އިތުރުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެއެވެ. އެގޮތުން، ޖިމް، ޕޫލް، ޕްލޭ އޭރިއާ، ކްލަބްހައުސް ހުންނާނެއެވެ. އަދި އޯޕެން ޑެކްއަކާއި، ލައިކަލު އަދި ކާރު ޕާކިންއަށް ހާއްސަ ތަނެއް ހުންނާނެއެވެ.

ޖާގަ ތަނަވަސް މި އެޕާޓްމެންޓު ތަކުގެ އަގު އުޅެނީ 3.5 މިލިއަނާއި 9.7 މިލިއަނާ ދެމެދުގައެވެ. މިއީ އިންސްޓޯލްމެންޓަށް ދޫކުރާ ގޮތަށް ހުންނަ އެޕާޓްމެންޓުތަކެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.