Tue, 18 January, 2022, 3:58 am
މަޖިލިސް ރައީސަށް ދައުލަތުން ވަގުތީ ގޮތުން ހަމަޖައްސައިދެއްވި ގެކޮޅު، މުރައިދޫގެ ---

މަޖިލިސް ރައީސް ހުންނަވާ ގެކޮޅު މަރާމާތުކޮށް ނިމިއްޖެ، ގެ ކައިރީގައި ތިބުންވެސް މަނާ!

Share on twitter
Share on facebook
Share on twitter
Share on facebook

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، މުރައިދޫގޭގެ މަރާމާތުގެކޮށް މަސައްކަތް ނިންމާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މުރައިދޫގެ މަސައްކަތް ނިންމައި، މިހާރު އެތަނުގައި މަޖިލިސް ރައީސަށާއި އެމަނިކުފާނުގެ އާއިލާއަށް ދިރިއުޅުއްވޭނެއެވެ. ނަމަވެސް އެތަން އަދި ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލު ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރުމަށް ބިން ކަނޑައަޅައި، އެ ދެބޭފުޅުންނަށް މުވައްޒަފުން ހަމަޖައްސައި، އެ ހުރިހާ ކަމެއްގެ ހަރަދުތައް ދައުލަތުން ބަލަހައްޓާ ގޮތަށް ކަނޑައެޅީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ.

އެގޮތުން މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އެ ބިމަކީ މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ އެއް ބިމެވެ.

ނަމަވެސް ވަގުތީ ގެކޮޅެއްގެ ގޮތުގައި މުރައިދޫގެ ހަމަޖެއްސީ، ރަސްމީ ގެކޮޅު ހަދަން ފެށޭނެ ދުވަހެއް އަދި ނޭނގޭތީ، އެކަމަށް ލަސްވާނެތީއެވެ.

މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ކުންފުނި، ސިފްކޯ އިންނެވެ. އެ އިމާރާތުގެ ބޭރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު، ހައިކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯނުން ބައެއް ނަގައި، މުރައިދޫގޭގެ ވަލު ދޮރާއްޓެއް ވަނީ ހަދައިފަ އެވެ. އަދި ގޭގެ ކުރިމަތީގެ ދެފަރާތުގައި ރަތް ރޮނގު ދަމައި، ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މިއީ މިގޮތަށް ރަތް ރޮނގު ދެމި ފުރަތަމަ މަގެވެ. އަދި އެގޮތަށް ކަނޑައެޅުމުން އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުންވެސް މަނާވާނެއެވެ.

މަޖިލިސް ރައީސަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ.ކެނަރީގޭގައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.