Tue, 18 January, 2022, 2:43 am
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން، ޕްރޮޖެކްޓެއްގެ މަސައްކަތުގައި ---

ފާއިތުވި ތިން އަހަރު: އެމްޑަބްލިޔުއެސްސީން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު

Share on twitter
Share on facebook
Share on twitter
Share on facebook

ފާއިތުވި ތިން އަހަރު، ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، އާބާދީގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެކެވެ. އެ ވައުދު ފުއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެމްޑަބްލިޔުއެސްސީން އަން ދަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތު ދޭ ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެ. މި ހުރިހާ މަޝްރޫއުއަކީވެސް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު، ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި އެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު، ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.

ޖުމުލަ 1.8 ބިލިއަން ރުފިޔާގެ މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެނާއި ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނިން ކުރިން މަސައްކަތް ފަށާފައިވާ އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އެ ދެ މަޝްރޫއު ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

“މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި. ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާއި އަދި ރަށް ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތަ ފަހިވެގެންދާނެއެވެ.” އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.