Fri, 30 September, 2022, 5:48 pm

ލަންކާގައި އަލަށް އުފައްދާ ބަޖެޓް އެއާލައިނުން ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެ

ސްރީ ލަންކާގައި އަލަށް އުފައްދާ އިންޓަނޭޝަނަލް އެއާލައިން، ފްލައި ލަންކަން އޭޝިއާ އިން އެންމެ ފުރަތަމަ ދަތުރު ފަށާ އެއް ގައުމަކީ ރާއްޖެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިނުގެ ސީއީއޯ ޑރ. އަރޯޝާ ފެނާންޑޯއާ ހަވާލާދީ ލަންކާގެ ބިޒްނަސް ޓައިމްސްގައި ބުނެފައި ވަނީ، އެ އެއާލައިނުން ފުރަތަމަ އިސްކަންދޭނީ ސަރަހައްދީ ގައުމުތަކަށް ދަތުރުތައް ފެށުމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ދެތިން ސިޓީއަށާއި އިންޑޮނޭޝިއާގެ ދެތިން ސިޓީއަށާއި މެލޭޝިއާގެ ދެ ސިޓީއަށް އަދި ދުބައީއާއި މިޔަންމާ ހިމެނެ އެވެ.

އެ ގައުމުތަކަށް ފަސިންޖަރު އަދި ކާގޯ ދަތުރުތައްވެސް ފަށަން ނިންމާފައިވާ އިރު، ރަތުމަލާނަ، ކަޓުނާޔަކަ އަދި މައްތަލަ އެއާޕޯޓުން ދަތުރުތައް ކުރާނެ އެވެ.

ފެނާންޑޯ ވިދާޅުވީ, ފްލައި ލަންކަންގެ ދަތުރުތައް ފެށުމަށް މީގެ އަހަރެއް ކުރިން ހުއްދައަށް އެދިފައިވާ އިރު، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއާލައިނުގެ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ދަތުރުތައް ފުރަތަމަ ފަށާނީ 190 މީހުންގެ ޖާގައިގެ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެއް ބޭނުން ކޮށްގެން ކަމަށް ވިދާޅުވި އެވެ.

ލަންކާގައި މިހާރު އޮޕަރޭޓް ކުރަނީ އިންޓަނޭޝަނަލް ދެ އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސް އަދި އަމިއްލަ އެއާލައިނެއް ކަމަށްވާ ފިޓްސް އެއާއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.