Mon, 29 November, 2021, 4:14 pm

މަސައްކަތުގެ މާހައުލުގައި ދިމާވާ އުނދަގޫ ބޮޑު މީހުންގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟

Share on twitter
Share on facebook
Share on twitter
Share on facebook

މީހަކު ހޭލާ ހުންނަ ވަގުތުގެ ގިނައިރު ހޭދަކުރަނީ މަސައްކަތުގެ މާހައުލުގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އަދި މަސައްކަތުގައި އުޅޭ އިރު، ތަފާތު ޒާތުގެ މީހުންނާ ދިމާވެ އެވެ. މީގެ ތެރެއިން އެއްބައި މީހުންގެ ސަބަބުން މަސައްކަތްކުރާ ހިތްވެ، މުޅި ދުވަސް ތާޒާވެގެންދެ އެވެ. ދެން ތިބޭ މީހުންނަކީ މީގެ އިދިކޮޅު މީހުންނެވެ.

މަސައްކަތުގެ މާހައުލުގައި ދިވާމާ އެފަދަ މީހުންނާ ދިމާވުމުން މުޅި ދުވަސް ހަރާބުވެގެން ދެ އެވެ. ބުލީކޮށް، ޖެއްސުންކޮށް، އަދި ބައެއް ފަހަރު ގޮތް ދޫނުކުރުމުގެ ގޮތްތައް ގެންގުޅޭ މީހުންވެސް ދިމާވެ އެވެ. ގިނަ މީހުން އޮފީހަށް ދާން ބޭނުން ނުވަނީވެސް މިފަދަ މީހުންނާ ހެދި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން، މަސައްކަތުގައި އުޅޭ އިރު، ބުލީކުރާ މީހުންނަށް ޖަވާބެއްގެ ގޮތުގައި ބުލީ ކުރުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެމީހުން ރުޅިގަދަވެގެން ވާހަކަ ދައްކާއިރުވެސް، އިތުރަށް ރުޅިގަދަވެ ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރެ އެވެ. އޭގެ ބަދަލުގައި، އެމީހުންނާ މުހާތަބުކުރަންވީ ރީތި ކޮށެވެ. އަދި މަޑުމައިތިރިކަމާއެކު އެމީހުންނަށް ރައްދު ދޭށެވެ. އޭގެ ސަބަބުން އެމީހުންނަށް ރުޅިވެރިކަމާއެކު އެވަގުތު އިތުރަށް ވާހަކަ ދައްކަން އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މަސައްކަތުގައި އުޅޭ އިރު، ތިމާއަށް ރަނގަޅު އަދި ކަމުދާ މީހުންނާއެކު ވަގުތު ހޭދަކުރުމަށް ތަޖުރިބާކާރުން ލަފާ ދެ އެވެ. ސަބަބަކީ މިފަދަ “ވޯކް-ފްރެންޑްސް” އަކީވެސް އެފަދަ ކަންތައްތަކެއް ތަހައްމަލުކުރާ ބަޔަކަށް ވުން އެކަށީގެންވާތީ، އެފަދަ ހާލަތްތަކުގައި އެންމެ އެދެވޭ ސަޕޯޓު ދެވޭނީވެސް އެމީހުންނަށް ކަމަށްވާތީ އެވެ.

ތިންވަނަ ކަމަކަށް ތަޖުރިބާކާރުން ބުނަނީ، އެފަދަ މީހުންނާ ސީދާ ސުވާލު ކުރުމަށެވެ. ރުޅިވެރިކަމާއެކު ވާހަކަ ދައްކަނީ ކީއްވެތޯ އެހުމަށެވެ. އަދި އޭނާގެ އަމަލުތަކުގެ ސަބަބުން މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ހުރި ނަމަ، އެވާހަކަވެސް އޭނާއާ ހިއްސާކުރާށެވެ. އަދި މަސައްކަތުގެ މާހަލުގައި ޕްރޮފެޝަނަލިސްމް ދެމެހެއްޓުމަށް ބުނާށެވެ.

އެފަދަ މީހުންނާ ވާހަކަ ދައްކައިގެން ބައެއް ކަންކަން ހައްލުކުރުމުގެ ފުރުސަތު އޮތަސް، ބައެއް ފަހަރު މަސައްކަތުގެ މާހައުލުގައި ކަންތައްތައް މާބޮޑަށް ބޮއްސުންލައިގެން ދެ އެވެ. އެގޮތުން މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ވަރަށް ދަތިތަކާ ކުރިމަތިލާންޖެހޭ ނަމަ، ތަޖުރިބާކާރުން ލަފާދެނީ އެހެން ވަޒީފާއަކަށް ބަދަލުވުމާމެދު ވިސްނުމަށެވެ. ނަމަވެސް އެގޮތަށް ނިންމުމުގެ ކުރިން އެކަމާމެދު ރަނގަޅަށް ވިސްނުމަށް އެދެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.