Fri, 30 September, 2022, 5:04 pm
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ "އާސްކްސްޕީކާ" ޕްރޮގްރާމުގައި ރައީސް މުހައްމަދު ނަޝީދު ---

ނަޝީދުއާ ސުވާލުކުރުމުގެ ޕްރޮގްރާމް އަންނަ އަންގާރަ ދުވަހު

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ “އާސްކް ސްޕީކާ” ޕްރޮގްރާމެއް އަންނަ ހަފުތާގެ އަންގާރަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއީ ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެ ޕްރޮގްރާމް ބާއްވާ ހަތަރު ވަނަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، މިފަހަރުގެ ޕްރޮގްރާމް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ.

ވީޑިއޯ އަދި ޓެކްސްޓު މެސެޖުތައް، އެސްއެމްއެސް، ޓެލެގުރާމް، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ފޮނުވަން ޖެހެނީ 7234566 އަކަށެވެ. އަދި ފޭސްބުކާއި ޓުވިޓާގައި ސުވާލުކުރުމަށް  #AskSpeaker ބޭނުންކުރެވޭނެ އެވެ.

މިފަހަރުގެ ޕްރޮގްރާމުގައިވެސް ކުލަބްހައުސް މެދުވެރިކޮށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ސުވާލުކުރަން ބޭނުންވާ މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ކްލަބްހައުސް އައިޑީ ފޮނުވަން ޖެހޭނީ 7234566 އަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ސުވާލުތައް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.