Mon, 29 November, 2021, 5:06 pm
އެޗްޕީއޭގެ އާރުއާރުޓީގެ ބޭފުޅުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

އަލާމާތްތައް ހުންނަ މީހުން ސާމްޕަލް ދިނުމަށް ދެކޮޅު! ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތެއް ނުދޭ

Share on twitter
Share on facebook
Share on twitter
Share on facebook

ކޮވިޑް-19ގެ އަލާމާތްތައް ހުންނަ މީހުން ސާމްޕަލް ނުދިނުމާއި ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މައުލޫމާތު ދޭ މައްސަލަތައް ފާހަގަވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޭޖެންސީގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދަނޑިވަޅަކީ ކޭސްތައް ވަރަށް މަދުވެފައިވާ ދަނޑިވަޅެއްކަމުން، ލޯ ބޭސްލައިނަކަށް ދެވޭނީ އެންމެންގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

ނަމަވެސް މިފަހަކަށް އައިސް ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމާއި ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތު ނުދިނުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ކޮންޓެކްޓަކަށް ވެދާނެކަމުގެ ބިރާ ހެދި، އެ މައުލޫމާތު ނުވަތަ ސައްހަ މައުލޫމާތު ނުދިނުމުގެ ސަބަބުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށް ވިދާޅުވި އެވެ.

“ވަރަށް ގިނަ ބަޔަކަށް މިހާރު ހީވެފައި އޮންނަ ކަމެއް ކަންނޭނގެ، މިއީ ދެން މާބޮޑު ކަމެއް ނޫނޭ. ހާއްސަ ގޮތެއްގައި ކޭސްތައް ވަކި މިންވަރެއްގައި މެއިންޓެއިން ކުރެވިފައި ހުންނަ ދަނޑިވަޅެއްގައި އެހެން ހީވެދާނެ. ނަމަވެސް ކޭސްތައް އިތުރުވެގެން ކުރިން އޮތް ކަހަލަ ހާލަތަކަށް ނަންބަރުތައް ދިޔައީމަ އޭގެން ފެނިގެންދާނެ އެއީ ކުރެވޭ ކުށްހީއެއްކަން. ދޭ އިރުޝާދުތަކަށް ބޯލަނބައިގެން އެކަންތައްތައް ކުރީމަ ފަސޭހަ ހާލަތެއްގައި މި އުޅެވެނީ،” ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކުރިއަށް އޮތީ ސްކޫލު ޗުއްޓީ ދުވަސްވަރެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، ކޮންމެހެން ދާންޖެހިގެން ނޫނީ ދަތުރު ނުކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވައިފަ އެވެ. މީހުން އެއްވެ އުޅޭ ތަންތަނަށްދާ އިރު، ގައިދުރުންކަން ބެހެއްޓުމާއި މާސްކު އެޅުން މުހިންމު ކަމަށާއި އަދި މާސްކު ދޫކޮށްލާ ހިސާބަކަށް އަދިވެސް ނުދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.