Mon, 29 November, 2021, 5:42 pm
ފެނަކައިން ޖެންސެޓް އެސެމްބްލް ކުރުމުގެ ހިދުމަތް ފެށުން -- ފޮޓޯ: ފެނަކަ

ފެނަކަ އަނެއްކާވެސް ތާރީހުގެ ތެރެއަށް, ޖެންސެޓް އަމިއްލައަށް އެސެމްބަލްކޮށް އިތުރު ހަރުފަތަކަށް

Share on twitter
Share on facebook
Share on twitter
Share on facebook

ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބްލްކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހިދުމަތް ކާމިޔާބުކަމާއެކު އިތުރު ހަރުފަތަކަށް ގެންގޮސްފިއެވެ.

ފެނަކައިން އެ މަސައްކަތް ފެށީ ރައްޔިތުންނަށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު އިތުރަށް ފުޅާކޮށް، ތަރައްޖީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ. ފެނަކައިން އެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގައެވެ.

އެ ކުންފުނިން ބުނީ މިހާތަނަށް 6 ރަށަކަށް ބޭނުންވާ ޖެެންސެޓް، އެ ކުންފުނީގެ އިންޖީނިއަރުން އަމިއްލައަށް އެސެމްބްލްކޮށްފައިވާ ކަމަށާއ ިއެ ކުންފުނިން 100 ކިލޯވޮޓުން ފެށިގެން 1،000 ކިލޯވޮޓާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރާ ކަމަށެވެ.

ރާއްޖެއިން ބޭރުން އިތުބާރުހިފޭ ސްޕެއާޕާޓްސް ގެނެސް، ރައްރަށުގައި ހުންނަ ފެނަކައިގެ ވޯކްޝޮޕްތަކުގައި އެ މަސައްކަތް ކުރަނީ ދިވެހި އިންޖީނިއަރުންނެވެ. ފެނަކައިން ބުނީ ވޭތުވެ ދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބު ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބަބުން ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމަށްވުރެ ހަރަދު ކުޑަ ކަމަށާއި ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އަދި އިތުބާރުހުރި ހިދުމަތެއް ދިނުމަށް މަގުފަހިވާ ކަމަށް ބުންޏެވެ.

ޖެންސެތް އެސެމްބްލް ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް، ގދ. ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުރާޓާގައި އޮޕްރޭޓް ކުރަން ފެށުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޒަމާނީ ފުރިހަމަ ވަސީލަތްތަކާއެކު ގާއިމު ކުރެވޭ އެ ވޯކްޝޮޕް ވެގެންދާނީ ރާއްޖޭގައި އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯކްޝޮޕަށް ކަމަށް ފެނަކައިން ބުންޏެވެ.

ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައް އެސެމްބްލް ކުރުމުގެ ހިދުމަތްވެސް ފެނަކައިން ދެއެވެ. އެ ކުންފުނިން ބުނީ، އެ ހިދުމަތްވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެގޮތަށް މަސައްކަތްތައް ބަންޓަން ކުރެވުމުން، އެ ޕްލާންޓުތައް ހިންގުމަށް ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނެ އަދި މިހާރަށްވުރެ ފުރިހަމަ، އަގުހެޔޮ ހިދުމަތެއް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.