Fri, 30 September, 2022, 5:17 pm
ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް ބަންގްލަދޭޝަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ބޮޑުވަޒީރު ޝެއިޙް ހަސީނާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފަހު ބޮޑުވަޒީރުގެ ގެގޮޅު، ގޮނަބަބަންގައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ޝެއިޙް ހަސީނާ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވެވުނު އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ބަންގަލްދޭޝްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ނާސިން އެޑިއުކޭޝަން އެންޑް ރިސާޗް (އެންއައިއައިއޭއީއާރް) އަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. އެ އިންސްޓިޓިއުޓްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ އުސޫލުތަކާއި، ވިސްނުމާއި މަސްލަހަތު އެއްގޮތްކަން ފާހަގަ ކުރައްވާފައި ވެއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ޒުވާނުންގެ ތަރައްގީއާއި ދުޅަހެޔޮކަމާއި ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ތަރައްގީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.