Mon, 28 November, 2022, 8:53 am
އެމްއެންޕީން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ---

ޕާޓީ އިފުތިތާހު ކުރިތާ ދޮޅުމަސް ތެރޭ، އެމްއެންޕީއަށް 10،000 މެމްބަރުން ހަމަކޮށްފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެމްބަރުން ހަމަކޮށްފި އެވެ.

އެމްއެންޕީގެ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރަން ވަނީ ހުށަހަޅައިފަ އެވެ. ރަޖިސްޓްރޭޝަނަށް ހުށަހެޅީ 5،000 އަށްވުރެ ގިނަ މީހުންގެ ފޯމާއެކު އެވެ.

އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލް އިންތިހާބުކޮށް، ޕާޓީ އިިފުތިތާހު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. އެއަށްފަހު އެމްއެންޕީން ވަނީ 10،000 މެންބަރުން ހަމަކުރުމަށް އެޕާޓީގެ ލީޑާޝިޕާއެކު ގިނަ ހަރަކާތްތަކެއް ހިންގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތަކެއް ކޮށްފަ އެވެ

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތް ކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު އަދާކުރައްވައިފަ އެވެ

އަދި ވިދާޅުވީ، އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.