Fri, 21 January, 2022, 7:29 am
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ޒިޔަތު ---

ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ދިން ހިޔާނާތާ ގުޅުން ހުރި ބައިލައްކަ ޑޮލަރު ދައްކަން އަންގައިފި

Share on twitter
Share on facebook
Share on twitter
Share on facebook

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ޖަމާކުރި ބޮޑު ހިޔާނާތާ ގުޅުންހުރި 50،000 ޑޮލަރު ދައުލަތަށް އަނބުރާ ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ

މި މައްސަލައަކީ އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެޗްއެމްއެޗްއައި ކޮމްޕެނީގެ ފަރާތުން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ ބައިލައްކަ ޑޮލަރު ދައުލަތަށް ދެއްކުމަށްޓަކައި، އެ ކުންފުނިން ދޫކުރި ޗެކް އެމްއެމްޕީއާރުސީއާ ހަވާލުކުރި ނަމަވެސް، އެ ފައިސާ ޒިޔަތުގެ ބޮޑު ބޭބެއެއްގެ ކުންފުންޏެއް އެމްއެޗްއާރު ޓްރޭޑިންއަށް ޖަމާކުރި މައްސަލައެކެވެ.

މި މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިންއަށް ޖަމާކުރި ފައިސާއަކީ އަނބުރާ ދައުލަތަށް ދިނުމަށް އެކުންފުނީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، އޭރު ސިވިލް ކޯޓުން ނިންމީ އެ ފައިސާއަކީ ޒިޔަތު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައި ވަނީ، ޑިޕޮސިޓް ފައިސާގެ ގޮތުގައި އެޗްއެމްއެޗްއައި އިން ފޮނުވި 50،000 ޑޮލަރުގެ ޗެކް އެމްއެމްޕީއާރުސީއަށް ލިބިފައިވާ ކަމުގައި ބުނެ އެ ވައުޗަރުގައި ޒިޔަތު ސޮއިކުރި ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރުސީއަށް އެ ފައިސާ ޖަމާކުރުމުގެ ބަދަލުގައި އެ ޗެކު ޖަމާވެފައި ވަނީ އެމްއެޗްއާރުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮތް އެކައުންޓަކަށް ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި އެމްއެޗްއާރަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާތީ، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް އެމްއެޗްއާރުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.