Mon, 29 November, 2021, 3:50 pm
ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

Share on twitter
Share on facebook
Share on twitter
Share on facebook

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ 73 ޕަސަންޓު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ މާލޭ ވޯޓާ އެންޑް ސްވަރޭކް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިންޑިން އިމާރާތުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރް.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އަދި ފެނުގެ ނިޒާމްގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 10 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާފައިވާ ކަމަށް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަޑުން 8.0 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި ގޭގެޔަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން، ނަރުދަމާ ނިޒާމުގެ ޕަންޕިންސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާ އިރު، ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 46.30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 540 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވާއިރު، އެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.