Mon, 29 November, 2021, 5:46 pm
ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

Share on twitter
Share on facebook
Share on twitter
Share on facebook

ބ. ކެންދޫއާއި ދަރަވަންދޫ އަދި ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެ ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަމީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ސޮއިކުރެއްވި އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި، ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ގާއިމު ކުރުމާއި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުން ހިމެނެއެވެ. އަދި 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި އެ މަޝްރޫއަކީ 39.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖުމްލަ 490 މީޓަރުގެ 7 ބްރޭކްވޯޓާ އަދި 96 މީޓާރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަދި ކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އެރަށުގެ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓެއް ގާއިމު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 50 މީޓަރު 15 މީޓަރުގެ ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމާއި، 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

11.64 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.