Fri, 21 January, 2022, 8:12 am
ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ

އުފާވެރި މުޖުތަމައެއް ލިބޭނީ ތިޔާގި ކަމަށްވުރެ ކުރިޔަށް ރައްކާތެރިކަން ހޯދައިގެން: އިމްރާން

Share on twitter
Share on facebook
Share on twitter
Share on facebook

އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ ތިޔާގިކަމަށްވުރެ ކުރިޔަށް، ރައްކާތެރިކަން ހޯދައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން އިސްލާހުކުރުމަށް ދ. ކުޑަހުވަދޫގައި ބިނާކުރާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގަބޫލު ކުރެވެނީ އިގްތިސާދީ ތަނަވަސްކަމާއި މާލީ ފުދުންތެރިކަމާއި ތިޔާގިކަން ކަމަށެވެ. އަދި އެހެންކަމުން ހުރިހާ ވަގުތެއް ހޭދަކުރަނީ ތިޔާގި ކަމާއި ތަނަވަސްކަމާއި، ލޮލަށް ފެންނަ ތަރައްގީއާއި ކުރިއެރުން ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އިންސާނީ މުޖުތަމައެއް އުފާވެރި، ހިތްހަމަޖެހޭ މުޖުތަމައަކަށް ވާނީ އިގްތިސާދީ ތަނަވަސްކަމާއި ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔިކަމާއި ރައްކާތެރިކަން ހޯދައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި ބަދަހިކަމަކީ އެތަންތަނުގެ އިގްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިވާ ކަންކަން ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީވެސް އެގޮތަށް ކުރިއަރައި، އުފާވެރި މުޖުތަމައަކަށް ވާން ބޭނުންވާ ނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިން އިސްލާހު ކުރާ ސެންޓަރުގެ ބިންގާ މިއަދު އަޅާފައިވާއިރު، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ސެންޓަރު ގާއިމު ކުރަނީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން މުޖުތަމައުއިން އެކަހެރިކޮށް، މުޖުތަމައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެކަހެރިކޮށް، ރައްކާތެރިކަން ދޭން ޖެހޭ ކުދިންގެ އިންތިޒާމުވެސް ހަމަޖައްސާނީ އެ ސެންޓަރުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.