Tue, 18 January, 2022, 4:12 am

ﷲގެ ހަޟްރަތުގައި އެންމެ ބޮޑު ރިބާއަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކުރުން: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

ﷲގެ ހަޟްރަތުގައި އެންމެ ބޮޑުވެގެންވާ ރިބާއަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކުރުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ހުތިހާ ބާވަތެއްގެ އިހާނެތިކަމަކީ ދީނުގައި މަނާކުރާ ކަންކަން ކަމަށެވެ. އަދި ﷲގެ ހަޟްރަތުގައި އެންމެ ބޮޑުވެގެންވާ ރިބާއަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުން ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން، މުސްލިމެއްގެ އަބުރާއި އިއްޒަތާއި އިއްފަތްތެރިކަމާއި، އޭނާގެ ލެޔާއި މުދަލަކީ ﷲ ހުރުމަތްތެރި ކުރައްވައި ހިމާޔަތް ކުރައްވާފައިވާ ތަކެތި ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދޭދޭ އަފްރާދުންގެ މެދުގައި ހިނގާ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައުގެ ސުލްހަ މަސްލަންކަން ބޮއްސުންލައިގެން ތިބޭތަން ބަލަން މުއައްސަސާތައް ތިބެގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި ކުޑަކުދިންނަށް ދީފައިވާ އަހަންމިއްޔަތުކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ދީނުގައި ކުޑަކުއްޖާގެ ޅަފަތަކީ ބާއްޖަވެރިކަމާއި ފޮނި ހުވަފެންތަކައި ލޯތްބާއި ހިޔާލުގެ ރީތި ދުނިޔެއެއް ކަމަށެވެ. އަދި އެކުދިންނަކީ ސުވަރުގޭގެ ކޮކާތަކެއް ކަމަށާއި، އެކުދިންނަށް އަޅާލުމާއި އޯގާތެރިވުމާއި އެކުދިންދެކެ ލޯބި ވުމަކީ ލާޒިމު ވެގެންވާ ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ އޯގާތެރިކޮށް ހިތަންޖެހޭ މީހުންނަށް އަނިޔާވެރި ވުމަކީ ގެއްލުން ހުރި، ހަޑިހުތުރު އަމަލެއް ކަމަށެވެ. އަދި އެމީހެއްގެ ހަޔާތުގެ ބައިވެރިޔާއަށްވިޔަސް ގޯނާއެއް ކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، މާތް ﷲ ފިރިންނަށް އަންގަވަނީ ރީތި ގޮތުގައި އަނބީންނަށް މުއާމަލާތް ކުރުމަށް ކަމަށް ބުންޏެވެ.

އޭގެ އިތުރުން، މަގުމަތީގައި އަދި އޮފީސްތަކުގައި އެކި ބާވަތުގެ ގޯނާ ކުރުމަކީ، ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމުގައި ޒަމާނީ ފިގްހީ މައްސަލަތައް ދިރާސާ ކުރާ އިލްމުވެރިން ދެކޭ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.