Fri, 21 January, 2022, 7:57 am
21 ނޮވެމްބަރު 2021, މާލެ, އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުالله ވާހަކަދައްކަވަނީ --- ހަފްތާ ފޮޓޯ

ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން: އިމްރާން

Share on twitter
Share on facebook
Share on twitter
Share on facebook

ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން ހަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ ކުޑަކުދިން އިސްލާހުކުރުމަށް ބައިތިއްބާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންވެ. މިނިސްޓަރު ވިދާޅުވީ މިއަދު ކުރިމަތިލަމުންދާ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅި ލާމެހިގެން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ވީރާނާ ވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަ ކުރެވޭނީ ސަރުކާރާއ ރައްޔިތުންނާއި މުޅި ދައުލަތު އެކުގައި މަސައްކަތް ކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުރިއަރައިގެން ދެވޭނެ ގިތަކީ އެއީކަމަށާއި ހަރުދަނާ މުޖުތަމައެއް ބިނާކުރަން އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

“އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ” އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހަވާލުވެ އެފަދަ ކަންކަން ދެނެގަނެ، މަސައްކަތްތައް ފަށައިގެން ކަމަށާއި، އެންމެން ގުޅިގެން އެކުރާ މަސައްކަތަކީ އެއީ ކަމަށް ވިދާޅުވިއެވެ. އަދި އެ ސެންޓަރުގެ ބިންގަލަކީ ކުޑަކުދީންގެ އަދުލުގެ ގާނޫނުގެ މައްޗަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ އެއް ބިންގާ ކަމަށް ވިދާޅުވިއެވެ.

އެ ސެންޓަރު ގާއިމު ކުރެވުމުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން މުޖުތަމައުއިން އެކަހެރިކޮށް، މުޖުތަމައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގާނީ އެ ސެންޓަރުންނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެކަހެރިކޮށް، ރައްކާތެރިކަން ދޭން ޖެހޭ ކުދިންގެ އިންތިޒާމުވެސް ހަމަޖައްސާނީވެސް އެ ސެންޓަރުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.