Fri, 30 September, 2022, 6:37 pm
ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސާބިއާ އަތުން ބަލިވި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ---

ވޯލްޑްކަޕް ޕްލޭއޮފް: ޕޯޗުގަލް ނޫނީ އިޓަލީއަށް މުބާރާތް ގެއްލޭނެ!

އަންނަ އަހަރު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޕްލޭއޮފް ބުރުގައި ޕޯޗުގަލް ނޫނީ އިޓަލީ އެއް ޕާތެއްގައި ލައްވާލުމުން، އެ ދެގައުމުންކުރެ ކޮންމެވެސް އެއް ގައުމަކަށް މުބާރާތުން ޖާގަ ގެއްލޭނެކަން ޔަގީންވެއްޖެ އެވެ.

ޔޫރަޕިއަން ޕްލޭއޮފުގައި ޖުމުލަ 12 ޓީމު ވާދަކުރާ އިރު، ޕްލޭއޮފް ބުރުން މުބާރާތަށް ދާނީ ތިން ޓީމެކެވެ. އެ ތިން ޓީމު އަނެއް ބުރަށް ދިއުމަށް ހަތަރު ޓީމު ހިމެނޭ ޕާތްވޭއެއް ހުރަސްކުރަންޖެހެ އެވެ. އެގޮތުން ފުރަތަމަ ސެމީ ފައިނަލް ދެ މެޗު ކުޅުމަށްފަހު، ވޯލްޑް ކަޕަށްދާ ޓީމު ޔަގީންވާނީ ކުޅޭ ފައިނަލް މެޗުންނެވެ.

ޕްލޭއޮފްގެ ސެމީ ފައިނަލާއި ފައިނަލު މެޗުތައް ކުޅެނީ އެއް ލެގެކަށް، އަންނަ މާޗް މަހުގެ 24 އިން 29 އަށެވެ.

ޔޫރަޕިއަން ޕްލޭއޮފް ޕާތްވޭތައް

ޕާތް 1:
ސްކޮޓްލޭންޑް/ ޔޫކްރެއިން
ވޭލްސް/ އޮސްޓްރިއާ

ޕާތް 2:
ރަޝިއާ/ ޕޮލެންޑް
ސްވިޑެން/ ޗެކް ރިޕަބްލިކް

ޕާތް 3:
އިޓަލީ/ ނޯތު މެސަޑޯނިއާ
ޕޯޗުގަލް/ ތުރުކީ

ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އިޓަލީއާއި ޕޯޗުގަލްގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް ވޯލްޑް ކަޕު ގެއްލޭ އިރު، އިޓަލީއަކީ މިވަގުތުވެސް ޔޫރަޕުގެ ޗެމްޕިއަނުންނެވެ. އަދި ޕޯޗުގަލްއަކީ 2016 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަނެވެ.

އިޓަލީން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕުގެ ތަށި އުފުލާލާފައިވެ އެވެ. އެއީ 1934، 1938 1982 އަދި 2006 ވަނަ އަހަރެވެ. ޕޯޗުގަލްއަށް އެ ތަށި އުފުލާލުމުގެ ފުރުސަތެއް އަދި ނުލިބެ އެވެ.

އިޓަލީއަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ގެއްލިފައިވާ އިރު، އެއީ 60 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އެ ޓީމު ކެޓި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ހިތި ތަޖުރިބާ އަލުން ނުކުރުމަށް އިޓަލީން މަސައްކަތް ކުރާނެ އެވެ. އަނެއްކޮޅުން ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައި ނުވެއްޖެނަމަ، މިއީ އެ ޓީމުގެ ތަރި، 36 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބޭނެ ހިތްދަތިކަމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.