Tue, 18 January, 2022, 2:53 am

ހިޔާ ފްލެޓުތަކަށް މާދަމާ ފެން ބިލު ފޮނުވަނީ، މަސް މަހަށް ބަހާލައިގެން ބިލު ދެއްކޭނެ

Share on twitter
Share on facebook
Share on twitter
Share on facebook

ހިޔާ ފްލެޓުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ބެލުމަށްފަހު، މާދަމާ އިން ފެށިގެން ފެން ބިލް ފޮނުވުމަށް އެމްޑަބްލިޔުއެސްސީން ތައްޔާރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ޝާހު ވިދާޅުވީ، ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތްކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ކަހަލަ މީޓަރެއް ނޫން ކަމަށެވެ.

އެހެންކަމުން އެކުންފުނީގެ ސްޓޭންޑަޑާ އެއްގޮތަށް ސައްހަ ރީޑިންއެއް ނެގިދާނެކަމާމެދު ޔަގީންކަމެއް ނެތުމުން، މިގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރު އަދި މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމްޑަބްލިޔުއެސްސީގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާ ކަމަށް ޝާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެހެން ހުރި މައްސަލައެއް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށްފަހު، 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ސައްހަ މީޓަރުތަކަށް ފެން ބިލް ހެދުމަށް ތައްޔާރު ކަމަށެވެ.

އަދި މިހާރު ބިލް ކުރެވިގެންދާނެ 3500-4000 މީޓަރުގެ ވެރިންނަށް ފެން ބިލް ލިބުމާއެކު، އެމްޑަބްލިޔުއެސްސީގެ ލީނިއަންސީ ޕޮލިސީގެ ދަށުން މަސް މަހަށް ބަހާލައިގެންވެސް ބިލު ދެއްކޭނެ ގޮތުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި ކަސްޓަމަރާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ލާރި ދައްކަމުންދާނަމަ، ބިލު ނުދެއްކުމުން އަރާ ސާޗާޖުތައްވެސް މައާފުވެގެންދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއްވެސް ކަސްޓަމަރަކަށް ފެން މީޓަރުގެ އަދި ބިލާ ބެހޭ ގޮތުން އެއްވެސް ކަމެއް ދަތިވާނަމަ، އެމްޑަބްލިޔުއެސްސީއަށް ގުޅައިގެން ނުވަތަ ދިއުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ހިޔާ ފްލެޓުގެ ވެރިންނަށް ހާއްސަ ހެލްޕް ޑެސްކަކާއި ހޮޓްލައިނެއް އަންނަ ހަފުތާގައި ގާއިމުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.