Tue, 18 January, 2022, 2:49 am
ހިޔާ ޓަވަރެއްގެ ކޮރިޑޯ: ހިޔާގެ ފްލޯތަކަށް ޑަސްބިން އަރުވަން ސާވިސް ލިފްޓެއް ނެތް ކަމަށް ބުނެ, ކޮންމެ ފުލެޓަކުން, އެ ޓަވަރެއްގެ އެންްމެ ތިރިއަށް ކުނި ގެންދަން ވަނީ އަންގާފައި --- ހަފްތާ ފޮޓޯ

ހިޔާގެ އެޕާޓްމަންޓެއްގައި މާރާމާތެއްކުރާ ނަމަ މުޅި ފްލޯއިން ފެން ކަނޑާލަންޖެހޭ: ޝާހް

Share on twitter
Share on facebook
Share on twitter
Share on facebook

ހިޔާގެ ފުލެޓުތަކަށް ފެނުގެ ކަނެކްޝަން ގުޅުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ހިޔާ ފުލެޓް ސަރަހައްދުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޝާހު ވިދާޅުވީ، ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތްކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ކަހަލަ މީޓަރެއް ނޫން ކަމަށެވެ.

އެހެންކަމުން ކުންފުނީގެ ސްޓޭންޑަޑާ އެއްގޮތަށް ސައްހަ ރީޑިންއެއް ނެގިދާނެކަމާމެދު ޔަގީންކަމެއް ނެތުމުން އެ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާ ހަމައަށް އަޅާފައި އޮތީ، އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ކަހަލަ ހޮޅިއެއް ނޫން ކަމަށެވެ. އެހެންކަމުން، އެހޮޅިއަށް ގެއްލުމެއް ލިބިއްޖެނަމަ، މަރާމާތު ކުރާނެ ޓޫލްސްވެސް އެމްޑަބްލިޔުއެސްސީގައި ނެތުމުން، އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އެއް އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯ އިން ފެން ކަނޑާލައިގެން ނޫނީ އެ މަސައްކަތްވެސް ކުރިއަށް ނުގެންދެވޭނެ ފަދަ ގޮތަކަށް އެތަން އިމާރާތް ކުރެވިފައިވާކަން ޝާހު ފާހަގަކުރެއްވި އެވެ. އެގޮތުން، ރަނގަޅަށް ވޭލްވް ހަރުކުރެވިފައި ހުރިނަމަ، މުޅި ފްލޯ އެއްކޮށް ފެން ކަނޑާނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި 25 ބުރި ހިމެނޭ އިރު، އެއްބައި ޓަވަރުތަކުގައި ފްލޯއެއްގައި 16 އެޕާޓްމަންޓް އަނެއްބައި ޓަވަރުތަކުގައި ފްލޯއެއްގައި 20 އެޕާޓްމަންޓް ހުރެ އެވެ.

ޝާހު ވިދާޅުވީ، ބާކީ ހުރި ފޯލްޓީ މީޓަރުތަކާއި ހޮޅިލައިންގެ މައްސަލަތަކާ ގުޅޭ ގޮތުން އެޗްޑީސީން ލަފާ އަރުވަނީ ކޮންޓްރެކްޓަރާ ގުޅުމަށް ކަމަށާއި ކޮންޓްރެކްޓަރުގެ އެއްބާރުލުން ނުލިބުނު ކަމުގައި ވިޔަސް، އެމްޑަބްލިޔުއެސްސީގެ ހަރަދުގައި ނަމަވެސް، ހިޔާގެ ވެރިންނަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ.

އެގޮތުން ފޯލްޓީ މީޓަރުގެ މައްސަލަތައް ހައްލު ނުކުރެވޭނަމަ، އާ މީޓަރު އެޅުވުމުގެ މަސައްކަތްތައް ކުންފުނީގެ ހަރަދުގައި ކުރިއަށް ގެންދާނެ ކަމަށް އަންގައި، އެޗްޑީސީއަށް މިހާރުވެސް އެމްޑަބްލިޔުއެސްސީން ސިޓީ ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.