Tue, 18 January, 2022, 3:41 am
މިނިސްޓަރު މާރިޔާ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕްރޭޑެއް ޝަރަފުވެރި ކޮށްދެއްވަނީ ---

އޭޝިއާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕްރޭޑެއް ޝަރަފުވެރި ކޮށްދިން ބޭރުގެ ފުރަތަމަ ވަޒީރަކަށް މާރިޔާ

Share on twitter
Share on facebook
Share on twitter
Share on facebook

އޭޝިއާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕްރޭޑެއް ޝަރަފުވެރި ކޮށްދެއްވި ބޭރު ގައުމެއްގެ ފުރަތަމަ ވަޒީރުގެ ޝަރަފު، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގެންފި އެވެ.

އިންޑިއާގެ އެޒިމަލާގައި ހުންނަ އެ އެކެޑަމީގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތަށް މާރިޔާ ވަޑައިގެންނެވީ ނޫކުލައިގެ ދިވެހި ލިބާހެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ދިފާއީ ކަންކަމުގައި ރާއްޖެއާއި އިންޑިއާގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި އިތުބާރާއި ދެފަރާތުގެ ފައިދާއާއި ދެގައުމާއި އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށް ކަމަށެވެ.

އަދި އިންޑިއަން ނޭވަލް އެކެޑަމީ ފަދަ ގަދަރުވެރި، ތާރީހީ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑާޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.

މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެގައުމުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މާރިޔާ ވަނީ، އިންޑިއާގެ ނޭވީގެ ސަދާން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިން ފެސިލިޓީތައް ބައްލަވާލައްވައިފަ އެވެ. އަދި އިންޑިއާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.